ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން މާލޭ ކެމްޕަހުގެ މަޖްދުއްދީން ދަނާލުގައި ދިރިއުޅެމުންދާ ދަރިވަރުންނާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ މާރިޗު 17 ވީ ހުކުރުދުވަހުގެރޭ އެމް.އެން.ޔޫގެ އެފް.އީ އޮޑިޓޯރިއަމްގައެވެ. މި ބައްދަލުވުމުގައި ދަރިވަރުންގެ ޔޫނިއަންގެ ރައީސް ޙުސައިން ޒައިދާއި އެޑްވައިޒަރީ ބޯޑުގެ މެންބަރު އަރުޝަދު އަޝްރަފް ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފްވެސް ބައިވެރިވެލައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ދަރިވަރުންގެ ހުރި އެކި ޝަކުވާތައް އަޑުއެހުމުގެ އިތުރުން އެ ޝަކުވާތަކަށް ހައްލު ހޯދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފައެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ދަނާލަށް ބައެއް ތަކެތި ހަދިޔާކުރުން ވެސް މި ބައްދަލުވުމުގެ ތެރެއިން ކުރިއަށް ގޮސްފައިވެއެވެ.
ދަރިވަރުންގެ ޔޫނިއަން އިން އަންނަނީ އެމް.އެން.ޔޫގެ އެކިއެކި ދަނާލުތަކުގައި ދިރިއުޅެމުންދާ ދަރިވަރުންނާ ސިލްސިލާގޮތެއްގައި ބައްދަލުކުރަމުންނެވެ.






