އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން ޓޯނަމެންޓް 2023ގައި ސްކޫލް އެފް ނާސިންގގެ ފަރާތުން ވާދަކުރާ ޓީމަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިރަސްމިއްޔާތު ބާއްވާފައިވަނީ ސްކޫލް އޮފް ނާސިންގެ ކުލާސް ރޫމް S6-17ގައި ނިމިދިޔަ ބުރާސްފަތިވީ ދުވަހުގެ މެންދުރު 13:15ގައެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮއްދެއްވީ ސްކޫލް އޮފް ނާސިންގެ ޑީން އަލްފާޟިލާ އާސިޔާ އިބްރާހިމެވެ. އަދި މީގެ އިތުރުން ނިއަރެސްގެ ހިންގާ ކޮމެޓީގެ މެމްބަރުން ބައިވެރިވިކަންވެސް ފާހަގަކޮށްލަމެވެ. މިރަސްމިއްޔާތުގައި ސްކޫލް އޮފް ނާސިންގެ ޑީން ކުޅުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން މުހާތަބުކޮށް ނަސޭހަތްތެރިވިއެވެ.
މި އޭޕްރީލް މަހުގެ 6-12 އަށް ކުރިޔައްދާ މި މުބާރާތުގައި ނިއަރެސް ފަރާތުން ހުނަރުވެރި 11 ދަރިވަރަކު ބައިވެރިވެފައި ވެއެވެ. އަދި މިމުބާރާތަކީ އެމް.އެން.ޔޫ.އެސް.ޔޫ މުޅިން އަލަށް ކުރިޔަށް ގެންދާ މުބާރާތެކެވެ.





