ިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ބެޑްމިންޓަން ޓޯނަމެންޓް 2023 ގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުތައް އެމް.އެން.ޔޫ ބީއެސް އަދި ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އިން ކާމިޔާބުކޮށްފިއެވެ.
ހުކުރު ދުވަހުގެރޭ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކުޅުނު ފުރަތަމަ މެޗު ބީއެސް އިން ކާމިޔާބުކުރީ ސީދާ ފަސް ގޭމުންނެވެ.
މި މެޗުގެ ފުރަތަމަ ގޭމުގައި ބީއެސްގެ އަމްނާ އާދަމް ނަސީރު އާއި ފާތިމަތު ހަޔާން މުޙައްމަދުގެ ޕެއާ ނުކުތްއިރު އެފްއޭ އިން ނުކުތީ އިބާ އިސްމާއިލް އާއި ފާތިމަތު ހަމްދާ މުޙައްމަދުގެ ޕެއާއެވެ.
މި ގޭމު ބީއެސްއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ބީއެސްގެ ޕެއާއިން ގެންދިޔައީ 14-15 އަދި 14-15 އިންނެވެ.
ދެވަނަ ގޭމުގައި ބީއެސްގެ އަޙްމަދު ސާޖިދު މުޙައްމަދު ތޮލާލް ކުޅެންއެރިއިރު، އެފްއޭއިން ކުޅެންއެރީ ސުއައިދު ޔޫނުސްއެވެ. މި ގޭމު ބީއެސްގެ ސާޖިދު ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފައެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-4 އަދި 15-6 އިންނެވެ.
ތިންވަނަ ގޭމުގައި ބީއެސްގެ އަޙްމަދު ސަމީހު އާއި އާދަމް ރާއިފްގެ ޕެއާ ކުޅެންއެރިއިރު، އެފްއޭއިން ކުޅެންއެރީ މާޒިން މުޙައްމަދާއި މުޙައްމަދު އުލްވާން މުއާޒްގެ ޕެއާއެވެ. މި ގޭމުވެސް ސީދާ ދެ ސެޓުން ވަނީ ބީއެސްގެ ޕެއާ ކާމިޔާބުކޮށްފައެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-6 އަދި 15-6 އިންނެވެ.
މި މެޗުގެ ހަތަރުވަނަ ގޭމުގައި ބީއެސްގެ މަރްޔަމް ނިހާ ކުޅެންއެރިއިރު، އެފްއޭއިން ކުޅެންއެރީ އައިޝަތު ފަރީހާއެވެ. މި ގޭމުވެސް ސީދާ ދެ ސެޓުން ވަނީ ބީއެސްއިން ކާމިޔާބު ކޮށްފައެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-7 އަދި 15-2 އިންނެވެ.
ފަހު ގޭމުގައި ބީއެސްގެ މުޙައްމަދު އަޒާން ޝަރީފް އާއި ފިރުޝާނާ ނަސީރުގެ ޕެއާ ކުޅެންއެރިއިރު، އެފްއޭ ޓީމުން ކުޅެންއެރީ އިބްރާހީމް މާހިލް މުޙައްމަދާއި، މަރްޔަމް ނައުހާ އިބްރާހިމްއެވެ. މި ގޭމު ވެސް ސީދާ ދެ ސެޓުން ގެންދިޔައީ ބީއެސްއެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-3 އަދި 15-5 އިންނެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެރޭ ކުޅުނު ދެވަނަ މެޗުގައި ސްކޫލް އޮފް ނާސިންގެ މައްޗަށް ފެސްޓު ކުރި ހޯދީ ސީދާ ފަސް ގޭމުންނެވެ.
މި މެޗުގެ ފުރަތަމަ ގޭމުގައި ފެސްޓުން ކުޅެންއެރީ އައިޝަތު އަނާ އިބްރާހީމް އާއި އާއިޝަތު ރަނާގެ ޕެއާއެވެ. އަދި އެސްއެން އިން ކުޅެންއެރީ އައިޝަތު އިފާގަތު ހަސަން އާއި ޖަމީލާ އަފްނާން ހުސެއިންގެ ޕެއާއެވެ. މި ގޭމު ފެސްޓުން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ފެސްޓުން ގެންދިޔައީ 15-13 އަދި 15-14 އިންނެވެ.
މި މެޗުގެ ދެވަނަ ގޭމުގައި ފެސްޓުން ކުޅެންއެރީ އާސިރް އަބްދުލް ސަމަދެވެ. އަދި އެސްއެން އިން ކުޅެންއެރީ އަލީ ވިޒާމްއެވެ. މި ގޭމުވެސް ފެސްޓުން ވަނީ ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-4 އަދި 15-5 އިންނެވެ.
ތިންވަނަ ގޭމުގައި ފެސްޓުގެ އިބްރާހީމް ފައިރޫޝް ފައިސަލް އާއި ޝަފާޒް ނަޖީބުގެ ޕެއާ ކުޅެންއެރިއިރު، އެސްއެން އިން ކުޅެންއެރީ އަލީ އަލްވީން އާއި މުޙައްމަދު ރަޝީދުގެ ޕެއާއެވެ. މި ގޭމު ވެސް ސީދާ ދެ ސެޓުން ކާމިޔާބުކުރީ ފެސްޓުންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-10 އަދި 15-6 އިންނެވެ.
ހަތަރުވަނަ ގޭމުގައި ފެސްޓުން ކުޅެންއެރީ މަރިޔަމް ރިޝްމީ އަލީއެވެ. އަދި އެސްއެން އިން ކުޅެންއެރީ ފާތިމަތު ލުހާ އަރީފްއެވެ. މި ގޭމު ވެސް ސީދާ ދެ ސެޓުން ކާމިޔާބުކުރީ ފެސްޓެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-8 އަދި 15-6 އިންނެވެ.
މި މެޗުގެ ފަހު ގޭމުގައި ފެސްޓުން ކުޅެންއެރީ އީމާން އަޙްމަދާއި އަޙްމަދު ވާރިޝް އިބްރާހީމްގެ ޕެއާއެވެ. އަދި އެސްއެން އިން ކުޅެންއެރީ އިބްރާހީމް ވިޝާޙް އާއި އައިޝަތު ޝިރާ ހަސަންގެ ޕެއާއެވެ. މި ގޭމުވެސް ސީދާ ދެ ސެޓުން ކާމިޔާބުކުރީ ފެސްޓުގެ ޕެއާއެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-5 އަދި 15-10 އިންނެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.





