Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް: އެފް.އޭ އިން އެފް.އެޗް.ޓީ.އެސް ބަލިކޮށްފި

އާމިނަތު ޔާސްމީން މުޙައްމަދު by އާމިނަތު ޔާސްމީން މުޙައްމަދު
2023-04-09
in ޚަބަރު, ހަރަކާތް
އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް: އެފް.އޭ އިން އެފް.އެޗް.ޓީ.އެސް ބަލިކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023ގައި ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) އިން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ބަލިކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ގޭމު، އަންހެން ޑަބަލްސްގައި އެފް.އޭގެ ފާޠިމަތު ހަމްދާ އާއި އިބާ އިސްމާޢީލްގެ ޕެއާ އިން ވަނީ 15-10 އަދި 15-13 އިން ސެޓުތައް ގެންގޮސް ގޭމު ކާމިޔާބުކޮށްފައެވެ. މި ގޭމުގައި އެފް.އެޗް.ޓީ.އެސް އިން ކުޅުނީ ޢާއިޝަތު އުލްފާ މުޙައްމަދު އަދި ޢާއިޝަތު ޒުހާ ފަހުމީގެ ޕެއާ އެވެ.

މި މެޗުގެ ދެވަނަ ގޭމު ކާމިޔާބު ކުރީ އެފް.އެޗް.ޓީ.އެސް އިންނެވެ. މިގޮތުން ފިރިހެން ސިންގަލްސްގެ މި ގޭމު އެފް.އެޗް.ޓީ.އެސްގެ ނާހީ ވަހީދު ކާމިޔާބު ކުރީ 15-7 އަދި 15-4 އިން ސެޓުތައް ގެންގޮސްގެންނެވެ. މި ގޭމުގައި އެފް.އޭ އިން ކުޅުނީ އިބްރާހީމް މާހިލް މުޙައްމަދެވެ.

މި މެޗުގެ ތިންވަނަ ގޭމު ގެންގޮސް އެފް.އޭ އިން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. ފިރިހެން ޑަބަލަސްގެ މި ގޭމު ކާމިޔާބު ކުރީ އެފް.އޭގެ މާޒިން މުޙައްމަދު އަދި ސުޢައިދު ޔޫނުސްގެ ޕެއާ އެވެ. މި ގޭމުގެ ސެޓުތައް ގެންގޮސްފައިވަނީ 15-11 އަދި 15-10 އިންނެވެ. މި ގޭމުގައި އެފް.އެޗް.ޓީ.އެސް އިން ކުޅެފައިވަނީ މުޙައްމަދު އުލްވާން އަދި އަޙްމަދު ޢަބްދުއްރަޝީދުގެ ޕެއާ އެވެ.

މެޗުގެ އަންހެން ސިންގަލްސް ކާމިޔާބުކޮށް އެފް.އެޗް.ޓީ.އެސް އިން އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. މި ގޭމުގެ ފުރަތަމަ ސެޓު އެފް.އޭގެ ޢާއިޝަތު ފަރީހާ 15-12 އިން ގެންގޮސްފައިވަނިކޮށް ފަހަތުން އަރާ އެފް.އެޗް.ޓީ.އެސްގެ ފާޠިމަތު ހަޔާމް އިބްރާހީމް ސައީދު ވަނީ ދެން ކުޅުނު ދެ ސެޓު 15-13 އަދި 15-12 އިން ކާމިޔާބުކޮށް ގޭމުން މޮޅުވެފައެވެ.

ނަތީޖާ ނެރުމަށް ކުޅުނު މިކްސްޑް ޑަބަލްސް ގޭމު އެފް.އޭ އިން ކާމިޔާބު ކުރީ 15-9 އަދި 15-8 ގެ ނަތީޖާއަކުންނެވެ. މި ގޭމުގައި އެފް.އޭ އިން ކުޅުނީ އަންވަރު އިބްރާހީމް އަދި އާމިނަތު ޒާއިންގެ ޕެއާ ކަމަށްވާއިރު އެފް.އެޗް.ޓީ.އެސް އިން ކުޅުނީ ދައިސަމް ޢަލީ އަދި ޢާއިޝަތު ޒާޝާ ޝާފީގެ ޕެއާ އެވެ.

މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.

އާމިނަތު ޔާސްމީން މުޙައްމަދު

އާމިނަތު ޔާސްމީން މުޙައްމަދު

މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

2026-05-13
އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

2026-05-12
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

2026-05-10
ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

2026-05-09
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

2026-05-09
އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

2026-05-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab