1444 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން، މެޑިކޯސްއިން އިންތިޒާމުކުރި ތަރާވީސް، ކާމިޔާބު ކަމާއިއެކު ބާއްވައިފިއެވެ. މި ހަރަކާތުގައި ސްކޫލް އޮފް މެޑިސިންގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިހަރަކާތުގެ މައިގަނޑު މަގްސަދަކީ، ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، މަޖާ މާހައުލަކުން ހުރިހާ ދަރިވަރުން ބައްދަލުވެލާނެ ފުރުސަތު ހޯދައިދިނުމެވެ.
މީގެ އިތުރުން މިހަރަކާތުގެ ތެރެއިން، ޑަކްޓަރުންގެ ދުވަސް ފާހަގަކުރުމަށްޓަކާ ދަރިވަރުންވަނީ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.
މިހަރަކާތުގެ ތެރެއިން ދަރިވަރުންގެ މެދުގައި ތަފާތު އެކި އެކި ގޭމްތައް ކުޅެވިގެން ގޮސްފައިވެއެވެ. މިފުރުސަތު ވެގެން ދިޔައީ، ދަރިވަރުން އެކީގައި މިފަދަ މަޖާ މާހައުލަކުން ބައްދަލުވެލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ.
މިހަރަކާތް ބޭއްވިގެން ގޮސްފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ، އެފްއީ- ޕީއީ ހޯލްގައެވެ.





