ސްކޫލް އޮފް މެޑިސިންގެ އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފި، މެޑިކޯސްގެ ހިންގާ ކޮމިޓީއިން، އެފެކަލްޓީގެ އެކްޓިންގ ޑީން، ޑރ.އާމިނަތު ހުދާ އާ ބައްދަލުކޮށްފިއެވެ.
މިބައްދަލުވުން ބޭއްވިގެން ގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު، ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމުގައި މެޑިކޯސްގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއެކު، ޑރ.ހުދާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ޚާއްސަ، މިބައްދަލުވުމުގައި ދަރިވަރުންނާ ގުޅުންހުރި މުހިންމު ކަންތައްތަކާ ގުޅޭ މަޝްވަރާތައް ވަނީ ކުރިޔަށް ގެންދެވިފައެވެ.
މިގޮތުން އެސް.އެމްގެ ކެމްޕަހުގައި މެޑިކޯސްގެ ފަރާތުން ދަރިވަރުން ބޭނުންކުރުމަށް ބެހެއްޓުނު ޕްރިންޓަރގެ ޚިދުމަތް ދަރިވަރުންނަށް ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ހަމައެއާއެކު ޕޭންޓްރީގައި ބޭނުންކުރުމަށް ރެފްރިޖެރޭޓަރެއް ގެނައުމުގެ ހުއްދަ ހޯދުމުގެ މަޝްވަރާތަކާއި, ކެމްޕަހުގައި ހުރި ފެން ކޫލަރ މަރާމާތުކޮށް، ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްވަރާތައް ވެސް ވަނީ ކުރެވިފައެވެ.
މީގެ އިތުރުން މެޑިކޯސްގެ މަސައްކަތް ކުރުމަށް އެފް.އެޗް.އެސް އިމާރާތުން ތަނެއް ހަމަޖެއްސުމުގެ މަޝްވަރާވެސް ވަނީ ކުރެވިފައެވެ. ހަމައެއާއެކު އައި.ޖީ.އެމް.އެޗްގެ ބައެއް ސަރަހައްދުތަކަށް، ދަރިވަރުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ މަޝްވަރާތަކާއި، ޝީ އަދި ރެޑް ކްރެސެންޓާއެކު އެކުލަވާލަން ރޭވިފައިވާ އެއްބަސްވުންތަކާ ބެހޭ މަޝްވަރާތައް ވެސް ވަނީ ކުރެވިފައެވެ.
ހަމައެހެންމެ ދަރިވަރުންގެ ކިޔެވުމަށް އެހީތެރިވުމަށްޓަކައި ޓިއުޓަރ ޕްރޮގްރާމެއް ފެށުމާއި، ޕާސްޓް ޕޭޕަރ ބީދައިން ސުވާލު ކަރުދާސްތައް އެކުލަވާލުމުގެ މަޝްވަރާތައްވެސް ވަނީ ކުރެވިފައެވެ. ހަމައެއާއެކު ދަރުމަވަންތަ ހަސްފަތާލުގައި ހުންނަ އެސް.އެމްގެ ކެމްޕަހަށް ދަރިވަރުންގެ ލޮކަރ ތަކެއް ހަމަޖެއްސުމުގެ ޚިޔާލުވެސް ވަނީ ބަދަލުކުރެވިފައެވެ.
މިބައްދަލުވުމަކީ ދަރިވަރުންނަށް ފައިދާ ހުރި، އުއްމީދީ މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެކެވެ. މެޑިކޯސް އިން އެދޭ ކޮންމެ ކަމެއްގައިވެސް އެ ފެކަލްޓީއިން އަބަދުވެސް ދަނީ އެހީތެރިވެ، އެއްބާރުލުން ދެމުންނެވެ.





