އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023ގެ ފިރިހެން ޑިވިޝަނުގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)ގެ މައްޗަށް ސްކޫލް އޮފް މެޑިސިން (އެސް.އެން) އިން ކުރި ހޯދައިފިއެވެ.
މޭ 17 ވީ ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު އެސް.އެން އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު އެސް.އެމް އިން ގެންދިޔައީ 25-20 ންނެވެ. އަދި ދެވަނަ ސެޓު ކާމިޔާބު ކުރީ 25-16 ންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.އެމްގެ ޖަރޒީ ނަންބަރު 11 ޙަސަން ޝާމެވެ.
މި ޑިވިޝަނުގެ ގްރޫޕް ބީ ގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އަދި ސްކޫލް އޮފް ނާރސިންގ (އެސް.އެން) އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






