އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ އަންހެން ޑިވިޝަނުގެ ދެވަނަ ސެމީ ފައިނަލުގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) ސީދާ ތިން ސެޓުން ބަލިކޮށް ޖެހިޖެހިގެން 4 ވަނަ އަހަރު ސްކޫލް އޮފް ނާރސިންގ (އެސް.އެން) ފައިނަލަށް ދަތުރުކޮށްފިއެވެ.
މެއި 19 ވީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗު އެސް.އެން އިން ކާމިޔާބު ކުރީ 25-16، 25-15 އަދި 25-09 ން ސެޓުތައް ގެންގޮސްގެންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.އެންގެ ޖަރޒީ ނަންބަރު 5 މަރިޔަމް ޝަހާ އެވެ.
ފައިނަލުގައި އެސް.އެން ވާދަކުރާނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)އާއެވެ. ފައިނަލު މެޗު ފަށާނީ ހޯމަދުވަހު ހަވީރު 04:30ގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






