އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023ގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސްކޫލް އޮފް ނާރސިންގެ ޖަރޒީ ނަންބަރު 5 މަރިޔަމް ޝަހާ އަދި ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޖަރޒީ ނަންބަރު 17 އަޙްމަދު އިޝާނު ހޮވިއްޖެއެވެ.
މުބާރާތުގެ އަންހެން ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ޝަހާ ކަމަށްވާއިރު، ފިރިހެން ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޖަރޒީ ނަންބަރު 11 ޔައީޝް ރިފްޢަތު ހަމީދެވެ.
މުބާރާތުގެ އެންމެ ރަނގަޅު ސަޕޯޓެއް ކުރި ޓީމަކަށް ހޮވިފައިވަނީ ސްކޫލް އޮފް ނާރސިންގއެވެ.
އަންހެން ޑިވިޝަނުގެ އެންމެ މޮޅު 6 ކުޅުންތެރިން:
- ސްކޫލް އޮފް ނާރސިންގެ ޖަރޒީ ނަންބަރު 2 މަރިޔަމް ނިޝާ
- ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޖަރޒީ ނަންބަރު 1 ރަފްހާ ސަމީރު
- ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޖަރޒީ ނަންބަރު 4 ފާޠިމަތު ނަޝްފާ
- އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޖަރޒީ ނަންބަރު 2 ސުޙާ އަޙްމަދު ހާފިޒު
- ސްކޫލް އޮފް ނާރސިންގެ ޖަރޒީ ނަންބަރު 11 ސުމާ އިބްރާހީމް
- ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޖަރޒީ ނަންބަރު 12 މަލާހާ ނިޔާޒު
ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު 6 ކުޅުންތެރިން:
- އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޖަރޒީ ނަންބަރު 7 ރަފްހާން އިބްރާހީމް
- ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޖަރޒީ ނަންބަރު 17 މުޙައްމަދު ސަމީން
- ސްކޫލް އޮފް ނާރސިންގެ ޖަރޒީ ނަންބަރު 2 އަލީ ވިޒާމް
- ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޖަރޒީ ނަންބަރު 13 ވިޝާހު އަޙްމަދު
- ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޖަރޒީ ނަންބަރު 4 އަޙްމަދު އަޙްސަން
- ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޖަރޒީ ނަންބަރު 11 ޔައީޝް ރިފްޢަތު ހަމީދު
އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސްކޫލް އޮފް ނާރސިންގެ ކޯޗު ޝުއައިބު އަހްމަދު ކަމަށްވާއިރު ފިރިހެން ޑިވިޝަނުން ހޮވުނީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ކޯޗު ޞަފްވާން އަހްމަދެވެ.
މިއަހަރުގެ އަންހެން ޑިވިޝަން ކާމިޔާބުކުރީ ފައިނަލުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސް ބަލިކޮށް ސްކޫލް އޮފް ނާރސިންގއެވެ. އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް ބަލިކޮށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






