ސްޓޫޑެންޓް ޔޫނިއަން އޮފް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް.އެސް.ޔޫ) އިން ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ކޮލެޖު/ޔުނިވަރސިޓީ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ފިރިހެން އަދި އަންހެން ހޭންޑްބޯޅަ ޓީމުތަކުގެ ފަރިތަކުރުންތައް ފަށައިފިއެވެ.
ހޭންޑްބޯޅަ ޓީމުތަކުގެ ފަރިތަކުރުންތައް ފަށާފައިވަނީ ޖުލައި 20 ވީ ބުރާސްފަތި ދުވަހުގެ ރެޔެވެ. ފަރިތަކުރުންތައް ކުރިއަށް ދަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓުމަހުގެ ތެރޭގައެވެ. މިއީ ސިލްސިލާގޮތެއްގައި އައި.ޔޫ.އެމް.އެސް.ޔޫ އިން ބާއްވާ މީގެ ދެވަނަ މުބާރާތް ކަމަށްވާއިރު، މިދިޔަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމް.އެން.ޔޫ އިންނެވެ.





