މިއަހަރުގެ ދެވަނަ ޓާރމުގެ ލީޑަރސް ނައިޓަށް ނާދެވުނު ދަރިވަރުންނަށް ޚާއްޞަކޮށްގެން ލީޑަރސް މީޓިންގ އެއް ބާއްވައިފިއެވެ.
ސެޕްޓެންބަރު 6 ވީ ބުދަދުވަހުގެ މެންދުރު 02:00ގައި އެމް.އެން.ޔޫ ސެންޓްރަލްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޔޫނިއަންގެ ރައީސް ޖައިޝް ޢަލީ ވަޙީދުގެ އިތުރުން އެސިސްޓެންޓް ސެކްރެޓަރީ ފާޠިމަތު ނައުޝީން އަދި ކުރީގެ މީޑިއާ ކޯޑިނޭޓަރ ޢަބްދުﷲ އަތޫފް އާތިފް ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި ދަރިވަރުންނަށް ފަހި ކޮށްދެވޭ ފުރުސަތުތަކާއި، މި ޓާރމުގައި ކުރިއަށް ރޭވިފައި ހުރި ހަރަކާތްތައް ވަނީ ހިއްސާކޮށްފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ގްރޫޕަކީ ދަރިވަރުންގެ ޔޫނިއަންގެ އެކިއެކި ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ދިނުމަށާއި ދަރިވަރުންގެ އިސްވާރުކަން ކުރިއެރުވުމުގެ މަޤްޞަދުގައި 2018 ވަނަ އަހަރު އުފައްދާފައިވާ ގްރޫޕެކެވެ.






