ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ގޮތްޕެއް ކަމަށްވާ ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ)ގެ ސެކްރެޓަރީ މަޤާމުގެ ބައި-އިލެކްޝަންގެ ކެންޑިޑޭޓު ނަންބަރުގެ ގުރުއަތުލުން ބާއްވައިފިއެވެ.
ގުރުއަތުލުން ބާއްވާފައިވަނީ ސެޕްޓެންބަރު 13ވީ ބުދަދުވަހުގެރޭ އެމް.އެން.ޔޫ.އެސް.ޔޫ އޮފީހުގައެވެ. ކެންޑިޑޭޓު ނަންބަރު ތަރުތީބު ކުރެވުނު ގޮތް ތިރީގައި އެވަނީ އެވެ.
ކެންޑިޑޭޓު ނަންބަރު 1: އާމިނަތު އީޝާ ރަޝާދު، ދޯބީގެ / ގއ. ވިލިނގިލި
ކެންޑިޑޭޓު ނަންބަރު 2: ޖަންނަތު ޝަރީފު، ނެސްޓު / ހދ. މަކުނުދޫ
ވޯޓުލުން ކުރިއަށް ގެންދިއުމަށް މިހާރު ހަމަޖެހިފައިވަނީ ސެޕްޓެންބަރު 24 ވާ އާދީއްތަދުވަހެވެ. ވޯޓުލުމުގެ އެންމެހާ ކަންކަމާ ގުޅޭ މައުލޫމާތު އެމް.އެން.ޔޫ.އެސް.ޔޫ އިން އިޢުލާންކުރަމުން ގެންދާނެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ޖުމްލަ 14 ގޮތްޕެއް ހިމެނޭއިރު މީގެ ތެރެއިން 10 ގޮފި ޤާއިމުކޮށްފައިވަނީ މާލޭގައެވެ. އަދި ބާކީ 4 ގޮފި ޤާއިމުކޮށްފައިވަނީ އަތޮޅުތެރޭގައެވެ.






