އެފް.އެޗް.ޓީ.އެސް.ގެ ކޯސްތަކަށް އަލަށް ގުޅުނު ދަރިވަރުންނަށް ހާއްސަ ކޮށްގެން އޮރިއެންޓޭޝަން ބާއްވައިފިއެވެ. 7 ފެބްރުވަރީ 2024 ވީ ބުދަ ދުވަހުގެ ހެދުނު 9:00 އިން ފެށިގެން އެ ފެކަލްޓީގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ރެސްޓޯރެންޓްގައި ކުރިޔަށް ގެންދެވުނު މި އޮރިއެންޓޭޝަންގައި އެ ފެކަލްޓީގެ ކޯސްތަކަށް މި ޓާރމު އަލަށް ގުޅުނު ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އަލަށް ކޯސްތަކަށް ގުޅުނު ދަރިވަރުންނަށް މުހިއްމު، ގިނަ މައުލޫމާތުތަކެއް ދެވުނު މި އޮރިއެންޓޭޝަންގައި ފެކަލްޓީއާއި ގުޅުންހުރި މައުލޫމާތުގެ އިތުރަށް ޝެޓްސް އާއި ގުޅުން ހުރި މައުލޫމާތުވެސް ވަނީ ދަރިވަރުންނާ ހިއްސާ ކޮށްފައެވެ.
އެފް.އެޗް.ޓީ.އެސް އިން ހިންގާ ގިނަ ހަރަކާތްތަކުގައި ޝެޓްސްގެ އިސްވާރުންނަށް ދަނީ ތަފާތު ފުރުސަތުތަށް ލިބެމުންނެވެ. މި ޓާރމުގައިވެސް ފެކަލްޓިއާއި ގުޅިގެން ގިނަ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ޝެޓްސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.
އޮރިއެންޓޭޝަންގައި ދެވިގެން ދިޔަ ހާއްސަ މައުލޫމާތުތަކަށް ފަހު ޝެޓްސްގެ މި ޓާރމުގެ ހަރަކާތްތައް ވަނީ ރަސްމީކޮން ފެށިގެންގޮސްފައެވެ. މި ފެބްރުވަރީ މަހުގެ 17 ވާ ހޮނިހިރު ދުވަހު، ޝެޓްސްގެ މި ޓާރމުގެ ވެލްކަމް ނައިޓް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޓާރމުގައި ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމަށް ޝެޓްސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.





