ބިޒްނަސް ސްކޫލް ސްޓޫޑެންޓްސް އެސޯސިއޭޝަން (ބީއެސް.އެސް.އޭ)ގެ ލީޑަރސް ގްރޫޕާއި އަލަށް ގުޅުނު ދަރިވަރުންނަށް ޚާއްސަކޮށްގެން ބީ.އެސް.އެސް.އޭ އިން ދަތުރެއް ގޮސްފިއެވެ.
މި ދަތުރު ގޮސްފައިވަނީ ވިލިނގިލި ބީޗަށެވެ. ދަތުރުގެ މައިގަނޑު މަގްސަދަކީ ލީޑަރސް ގްރޫޕަށް އަލަށް ގުޅުނު ދަރިވަރުންނަށް ބީ.އެސް.އެސް.އޭ އާއި އެމް.އެން.ޔޫ.އެސްޔޭ އިން ކުރާ މަސައްކަތް ކިޔައިދިނުމާއި، ލީޑަރސް ގްރޫޕަށް މަރުހަބާ ކިޔުމެވެ. އަދި މިއާއި އެކު އަލަށް ގުލުނު އިސްވާރުންނާއި ކުރިން ހަރަކާތްތެރިވަމުން ދިޔަ އިސްވާރުންގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.
ހުކުރު ދުވަހު ހެނދުނު ކުރިޔަށް ގެންދެވުނު މިދަތުރު ފެށުނީ ހުރިހާ ބައިވެރިން އެއްކޮށް ހެނދުނުގެ ސައި ބޮއެގެންނެވެ. ދަތުރުގައި ތަފާތު ގިނަ ކުޅިވަރުތައް ކުޅެވުނު އިރު، އަލަށް ގުޅުނު އިސްވާރުންނާއި ކުރިން ހަރަކާތްތެރި ވަމުން އައި އިސްވާރުން މެދުގައި ރަނގަޅު ގުޅުމެއް ބިނާކުރެވުނެވެ. އަދި އަލަށް ގުލުނު އިސްވާރުންގެ ބައިވެރިވުން ކުރިއަށްއޮތް ހަރަކާތްތަކުގައި ލިބިގެންދާނެކަމުގެ އުއްމީދު އައުވެގެން ދިޔައެވެ.
މިއީ އައު އިސްވާރުންނަށް އަމާޒުކޮށްގެން ބީ.އެސް.އެސް.އޭއިން މިއަހަރު ދިޔަ ފުރަތަމަ ދަތުރެވެ. ބީ.އެސް.އެސް.އޭގެ އަމާޒަކީ އަލަށް ގުޅުނު އިސްވާރުންނާއެކު މިއަހަރުގެ ކުރިއަށް އޮތް ތަނުގައި ގިނަ ކާމިޔާބީތަކެއް ހޯދުމެވެ.





