ސްކޫލް އޮފް މެޑިސިންއަށް 2024 ވަނަ އަހަރު އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމަށްޓަކާ ބާއްވާ ’ފްރެޝަރސް ނައިޓް 2023‘ ހުކުރު ދުވަހުގެރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިހަރަކާތަކީ ސްކޫލް އޮފް މެޑިސިންގެ ހަތްވަނަ ބެޗަށް ޚާއްސަކޮށްގެން ބޭއްވޭ ހަރަކާތެކެވެ. މިހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ ސްކޫލް އޮފް މެޑިސިންގެ 6 ވަނަ ބެޗުގެ ދަރިވަރުންނާއި، މެޑިކޯސްގެ ހިންގާ ކޮމިޓީއެވެ.
މިހަރަކާތުގައި ސްކޫލް އޮފް މެޑިސިންގެ ލެކްޗަރާއިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ފެކަލްޓީގެ ގިނަ އަދަދެއްގެ ދަރިވަރުންގެ އިތުރުން، ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެމްބަރުންވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ފްރެޝަރސް ނައިޓަކީ ކޮންމެ އަހަރަކުވެސް ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދެވޭ ހަރަކާތެކެވެ.






