އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގެ އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތައް/ ޔުނިވަރސިޓީ/ ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ/ އަމިއްލަ ޓީމުތަކުގެބައިން އެއްވަނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން ހޯދައިފި އެވެ.
މިއީ އެމް.އެން.ޔޫ.އެސް.ޔޫއަށް މި މުބާރާތުން ފަޚުރުވެރި އެއްވަނަ ލިބުނު ފުރަތަމަ ފަހަރެވެ.
ނިމިދިޔަ ފެބުރުވަރީމަހުގެ 28 ވަނަ ދުވަހު ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް ބަހުސްގައި އެމް.އެން.ޔޫ.އެސް.ޔޫއިން ވާދަކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން ރިކްރިއޭޝަން ކްލަބާއެވެ.
މި މުބާރާތުގައި ބަހުސް ކެޓެގަރީއިން ތިންވަނައަށް އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ މަޤާމު ޔޫނިއަންގެ ޓީމުގެ ބައިވެރިޔާ މުޙައްމަދު އައިޝް މުސްތަފާ ވަނީ ހޯދާފައެވެ.
ނިމިދިޔަ 2023 ވަނަ އަހަރުވެސް ޔޫނިއަނުން މި މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާއިރު، ޔޫނިއަނަށް ލިބިފައިވަނީ މުބާރާތުގެ 2 ވަނަ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ބަހުސް ޓީމުން ފަޚުރުވެރި އެއްވަނަ ހޯދާފައިވާއިރު، ޔޫނިއަންގެ ބަހުސް ޓީމަކީ ތަފާތު ދައްކަމުން އަންނަ ޓީމެއްކަން ފާހަގަކޮށްލެވެއެވެ.






