އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި ރޯދަ މަހުވެސް ފެސާއިން ވަނީ ”ރަމަޟާން ވިތު ފެސާ“ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ހިންގާފައެވެ.
އެގޮތުން މިއަހަރު ވެސް ”ޑެއިލީ ރިމައިންޑަރ“ ގެ ނަމުގައި ކޮންމެ ދުވަހަކުވެސް ނަސޭހަތުގެ ބަސްކޮޅެއް، ނޫނީ ރޯދަ މަހާ ގުޅުން ހުރި ހަދީޘް ނުވަތަ ޤުރުއާނުގެ އާޔަތެއް ވަނީ ގެނެސްދީފައެވެ. މީގެ އިތުރުން ”ކުކިންގ ޓިޕްސް“ގެ ނަމުގައި ބަދިގޭގައި ކައްކަން އުޅޭއިރު ދިމާވާ ތަފާތު ކަންކަމަށް ފަސޭހަ ހައްލެއް ހޯދުމަށް ނުވަތަ ކައްކާ ތަކެތީގެ ރަހަ އިތުރަށް ފުރިހަމަ ކޮށްލުމަށް ބޭނުންކުރެވިދާނެ ތަފާތު ބޭނުންތެރި މައުލޫމާތުތައް ހިމެނޭ ޕޯސްޓުތައް ވެސް ފޭސްބްކް މެދުވެރިކޮށް ވަނީ ގެނެސްދީފައިވެއެވެ.
ކޮންމެ ހުކުރު ދުވަހެއްގައި ”ކުކިން ޓިޕް“ ފެސާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދީފައިވާއިރު، ޑެއިލީ ރިމައިންޑރ ގެ ޕޯސްޓްތައް ފެސާގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމް ޕޭޖުގައިވެސް ވަނީ ހިއްސާ ކުރެވިފައެވެ.
މިއީ ރަމަޟާން މަހާއި ގުޅުވައިގެން ދީނީ ކަންކަމަށް ހޭލުންތެރިކުރުވައި، ބަދިގޭގައި އުޅޭ އިރު ބޭނުން ހިފޭނެ ތަފާތު މައުލޫމާތުތައް އާމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.






