އެމް.އެން.އެސް.ޔޫ ގެ އިންޓަރ ފެކަލްޓީ 10 ވަނަ ވޮލީ މުބާރާތުގައި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ފަރާތުން ވާދަކުރާ އަންހެން ޓީމަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ 27 އެޕްރީލް 2024 ވީ ހޮނިހިރު ދުވަހު ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައެވެ.
މި ރަސްމިއްޔާތުގައި ޓީމުގެ ބައިވެރިންނަށް ޖަޒީ ހަވާލުކޮށްދެއްވީ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ރައީސް ޢިސްމާއިލް ރަޒީން އިމްރާންއެވެ. އަދި މީގެ އިތުރުން ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ހިންގާ ކޮމެޓީގެ އިތުރުން މެންބަރުންވެސް ބައިވެރިވެފައިވެއެވެ.
މި މެއި މަހުގެ 02 – 11 އަށް ކުރިއަށްދާ މި މުބާރާތުގައި އެސް.އެސް.އެލް ގެ ފަރާތުން ހުނަރުވެރި 12 ދަރިވަރަކު ވަނީ ބައިވެރިވެފައި ވެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިން ސިލްސިލާގޮތެއްގައި ކުރިއަށް ގެންދާ މި މުބާރާތުގައި އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އެސް.އެސް.އެލް އަންހެން ޓީމުން ބައިވެރިވެފައި މިވަނީ ފުރިހަމަ ކާމިޔާބީއެއް ހޯދުމުގެ ޢަޒުމާއެކުއެވެ.






