ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އަދި ސްކޫލް އޮފް މެޑިސިންގެ ގޮފި (މެޑިކޯސް) ގުޅިގެން އިންތިޒާމުކުރާ ’އެމް.އެން.ޔޫ.އެސް.ޔޫ- މެޑިކޯސް ޗެސް ފެސްޓިވަލް‘ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިހިނގާ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީތަކަށާއި ދަޢުވަތުދެވޭ އެހެނިހެން ކޮލެޖް ޔުނިވާސިޓީތަކަށްވެސް ހުޅުވާލެވިފައެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ 14:00 އެވެ.
މުބާރާތުގައި އިންޑިވިޖުއަލް އަދި ޓީމް އިވެންޓް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުތައް:
ޓީމް އިވެންޓް: https://forms.gle/fNiYQCpx5GypGeRP8
ޢިންޑިވިޖުއަލް އިވެންޓް: https://forms.gle/8yqYGYY6cEDorGQdA
މި މުބާރާތަކީ ދަރިވަރުންނަށް އިތުރު ފުރުސަތުތައް ހޯދައިދީ، ކުދިންގެ މެދުގައި ޗެސްގެ ރޫހު ދިރުވުމުގެ ބޭނުމުގައި އިންތިޒާމުކުރެވޭ ހަރަކާތެކެވެ. 2022 ވަނަ އަހަރުވެސް މެޑިކޯސްއިން ވަނީ ޗެސް މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ކުރިޔަށްގެންގޮސްފައެވެ. 2022 ވަނަ އަހަރު މޯލްޑިވްސް ޗެސް އެސޯސިއޭޝަންއާ ގުޅިގެން ބޭއްވުނު މުބާރާތުގައި ބައިވެރިވި ހުނަރުވެރި ކުޅުންތެރިން ފާހަގަކޮށް އެކުދިންނަށް ހިތްވަރުދީ ޤައުމީ ފެންވަރުގައި ކުޅެން ފުރުސަތުވެސް އެ އަހަރު ހުޅުވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.





