ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ) އިން އަލަށް ”ފެސާ ޓްރިވިއާ ނައިޓް“ އެއް ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރު ވާ ހުކުރުދުވަހުގެ ރޭ އެމް.އެން.ޔޫ. ސީ.އޭ އޮޑިޓޯރިއަމްގައެވެ.
މިނައިޓުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، އެމް.އެން.ޔޫ ގެ ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުލުވާލައިފައެވެ.
މި މުބާރާތަކީ އެމް.އެން.ޔޫ ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށާއި، އާންމު ދިރިއުޅުމުގައި ބޭނުންކުރެވިދާނެ މުހިއްމު މައުލޫމާތު ތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފެސާއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
ފެސާގެ އުއްމީދަކީ ވީހާވެސް ގިނަ ކުދިން މި ނައިޓުގައި ބައިވެރިވެ، މި މުބާރާތަކީ މަޖާ އަދި ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ވެގެން ދިޔުމެވެ.






