Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް ފުޓްސަލް ފިއެސްޓާ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2024: އެންމެ ފަހުގެ ދެ ޗެމްޕިއަނުން އެއް ގްރޫޕެއްގައި

MNUSU Futsal Fiesta 2024: Enme fahuge championun 1 group ehgai

އަހުމަދު އިޒްމީމް by އަހުމަދު އިޒްމީމް
2024-10-20
in ފުޓްސަލް ފިއެސްޓާ, ހަރަކާތް, ޚަބަރު
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2024: އެންމެ ފަހުގެ ދެ ޗެމްޕިއަނުން އެއް ގްރޫޕެއްގައި

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2024 ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ފުޓްސަލް ފިއެސްޓާ 2024 ގެ ގުރޫޕު ސްޓޭޖުގައި 2022 ވަނަ އަހަރުގެ ޗެމްޕިއަން މެޕްސް ކޮލެޖު އަދި މިދިޔަ އަހަރުގެ ޗެމްޕިއަން އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސެމިނާ ރޫމުގައި ބޭއްވި އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2024 ގެ ގުރު ނެގިއިރު، ގްރޫޕުތައް އެތުރުނީ ވަރަށް ފޯރިގަދަވާނެ ގޮތަކަށެވެ.

އެގޮތުން މުބާރާތުގެ ހުރިހާ ގްރޫޕަކަށް ވެސް ގަދަކަމަށް ބެލެވޭ ޓީމުތައް ބެހިފައިވީ ނަމަވެސް ގްރޫޕު ބީއަށް ވަނީ މުބާރާތުގެ ފޭވަރިޓުންކަމަށް ގިނަބަޔަކު ދެކޭ އެމް.އެން.ޔޫ.ބީ.އެސް، މެޕްސް އަދި ވިލާ ކޮލެޖު ގޮސްފައެވެ.

މުބާރާތުގެ ގްރޫޕު ސްޓޭޖު އެތުރިފައިވާ ގޮތުން، ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގައި ހިމެނެނީ ފެކްލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)، ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)، ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ އިތުރުން އެންމެ ފަހުގެ ރަނަރަޕް ޕޮލިޓެކްނިކެވެ.

މިއަހަރުގެ ގްރޫޕު އޮފް ޑެތުގެ ގޮތުގައި ބެލެވޭ ގްރޫޕު ބީގައި ހިމެނެނީ އެމް.އެން.ޔޫ.ބީ.އެސްއާއި، މެޕްސް ކޮލެޖާއި، ވިލާ ކޮލެޖާއި، ސްކޫލް އޮފް ނާސިން (އެސް.އެން) ގެ އިތުރުން ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އެވެ.

ގްރޫޕު ސީގައި ކްލިކް ކޮލެޖު، މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) ސްކޫލް އޮފް މެޑިސިން (އެސް.އެމް) އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) ހިމެނެއެވެ.

ގްރޫޕު ޑީގައި ހިމެނުނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފް.އެސް.އެލް)، އެމްއައި ކޮލެޖު، ސައިރެކްސް ކޮލެޖުގެ އިތުރުން ފެކަލްޓީ އޮފް އާޓްސް (އެފް.އޭ) އެވެ.

މީގެ އިތުރުން އަންހެން ޑިވިޝަންގެ ގްރޫޕުތައް ވެސް އެތުރުނީ މުބާރާތުގެ ފޯރި އިންތިހާ އަށް ގަދަވާނެ ގޮތަކަށެވެ. އެގޮތުން ގްރޫޕު އޭގައި ހިމެނުނީ އެފް.އެސް.އެލް އާއި އެސް.އެންގެ އިތުރުން ވިލާ ކޮލެޖެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެމް.އެން.ޔޫ.ބީ.އެސް އާއެކު ގްރޫޕު ބީގައި ލައްވާލީ އެފް.އެޗް.އެސް އާއި އައި.ޔޫ.އެމްއެވެ. އަދި ގްރޫޕު ސީގައި ހިމެނުނީ އެފް.އެޗް.ޓީ.އެސް، އެމް.ބީ.އެސް އަދި އެފް.އީއެވެ. ގްރޫޕު ޑީގައި ހިމެނުނީ އެމް.އައި ކޮލެޖާއި ސީ.އެފް.އެސް އަދި އެފް.އޭއެވެ.

މިއަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުން ޖުމުލަ 31 ޓީމު ވާދަކުރެއެވެ. އެއީ ފިރިހެން ޑިވިޝަންގެ 19 ޓީމާއި، އަންހެން ޑިވިޝަންގެ 12 ޓީމެވެ.
މިއަހަރުގެ މުބާރާތް ފަށަން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މިއަހަރުގެ މުބާރާތް ވެސް ކުޅެން ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުތަކުގައެވެ. މީގެ އިތުރުން މިއަހަރުގެ މުބާރާތް ފަށަން ހަމަޖެހިފައިވަނީ އެންމެ ފަހުގެ ދެ ޗެމްޕިއަނުންކަމަށްވާ މެޕްސް ކޮލެޖާއި އެމް.އެން.ޔޫ.ބީ.އެސްގެ މެދުގައި ކުޅެވޭ ވިކްޓްރީ ޝީލްޑު މެޗަކުންނެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ 2013 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ބާއްވަމުންއަންނަ މުބާރާތެކެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލި މަޑުކަމާ ގުޅިގެން 2020 އަދި 2021 ވަނަ އަހަރުގެ މުބާރާތް ނުބޭއްވުނެވެ. އެހެންކަމުން މިއަހަރު މި ބޭއްވެނީ މި ސިލްސިލާގެ 10 ވަނަ މުބާރާތެވެ.

އަހުމަދު އިޒްމީމް

އަހުމަދު އިޒްމީމް

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ނޭކައިން މި އަހަރުގެ ހަރަކާތްތައް ނިންމާލުމަށް އިސްވާރުންގެ ޚާއްސަ ދަތުރެއް!

ނޭކައިން މި އަހަރުގެ ހަރަކާތްތައް ނިންމާލުމަށް އިސްވާރުންގެ ޚާއްސަ ދަތުރެއް!

2026-11-07
ނޭކަ ގްރޭންޑް ސްޓޭޖްގެ 2ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި!

ނޭކަ ގްރޭންޑް ސްޓޭޖްގެ 2ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި!

2026-11-07
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 15 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބުގެ ނަތީޖާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 15 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބުގެ ނަތީޖާ

2026-11-01
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ބައި އިލެކްޝަނާ ގުޅޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ބައި އިލެކްޝަނާ ގުޅޭ

2026-10-22
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 14 ވަނަ ދައުރުގެ އަހަރީ ޢާންމު ޖަލްސާއާ ގުޅޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 14 ވަނަ ދައުރުގެ އަހަރީ ޢާންމު ޖަލްސާއާ ގުޅޭ

2026-10-21
8 ވަނަ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ނޭކައަށް !

8 ވަނަ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ނޭކައަށް !

2026-10-20
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab