އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (އެސްޓާ) އަދި އެޑްވެންޗަރ ގިލްޑު ގުޅިގެން ބޭއްވި ’ގޭމްނައިޓް‘ ކާމިޔާބުކަމާ އެކު ނިންމާލާފައެވެ.
ގާތްގަނޑަކަށް 40 ދަރިވަރުން ބައިވެރިވި މި ހަރަކާތް ކުރިއަށް ގޮސްފައިވަނީ މަންހަޓަން ބެންކެޓް ހޯލްގައެވެ. މި ހަރަކާތުގައި ވަނީ އެކި ފެކަލްޓީތަކުގެ ދަރިވަރުން ބައިވެރިވެ އެކިކަހަލަ މަޖާ ބޯޑް ގޭމްސް އަދި ޓީމް ބިލްޑިން ގޭމްސް ކުޅެފައެވެ. ބައެއް ދަރިވަރުން ފާހަގަ ކުރި ގޮތުގައި މި ގޭމްނައިޓުން ވަނީ އެކިކަހަލަ ތަފާތު ގޭމްތައް ކުޅޭނެގޮތް ދަސްވެފައެވެ.
މި ގޭމްނައިޓްއަކީ ރޯދަމަހަށް ހާއްސަކޮށް އެކި ފެކަލްޓީތަކުގެ ދަރިވަރުންގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ގޭމް ނައިޓްގައި ކުޅެވުނު ގޭމްތަކުގެ ސަބަބުން ދަރިވަރުންގެ ކްރިޓިކަލް ތިންކިންގ އަދި ޓީމް ވޯކް ހަރުދަނާވެގެންދާނެއެވެ. މި ހަރަކާތުގައި އެކިއެކި ތަފާތު ބޯޑް ގޭމްސް އަދި ޓީމް ބިލްޑިންގ ގޭމްސް ކުޅެވުނެވެ.
އެސްޓާގެ މަގްސަދަކީ ދަރިވަރުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް މި އަހަރު ކުރިޔަށް ގެންގޮސް ކާމިޔާބު އަހަރަކަށް ހެދުމެވެ.





