އެމް.އެން.ޔޫ.އެސް.ޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ގޮފި ”ހީލަރސް“ އިން އިންތިޒާމްކޮށްގެން ބޭއްވި ރޯދަވީއްލުން ކުރިޔަށް ގެންގޮސްފިއެވެ.
2025 މާރިޗު 18ވީ އަންގާރަ ދުވަހު ކުރިއަށްގެންދިޔަ މި ރޯދަވީއްލުމުގައި ފެކަލްޓީގެ ދަރިވަރުންގެ އިތުރުން ދަރިވަރުންގެ ޔޫނިއަންގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ. ދަރިވަރުން އަމިއްލައަށް ތައްޔާރުކުރި ތަފާތު ކާނާތަކާއެކު ކުރިޔަށްގެންދެވުނު މި ރޯދަވީއްލުމަކީ ދަރިވަރުންގެ މެދުގައި އޮންނަ އެކުވެރިކަން އިތުރަށް ބަދަހިކޮށް، ގުޅުން ވަރުގަދަކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޚާއްސަ ހަރަކާތެކެވެ.
މި ރޯދަވީއްލުމަކީ ދަރިވަރުންނަށް އެކަކު އަނެކަކާ ބައްދަލުކޮށް، ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތެއްގެ އިތުރުން، ރަމަޟާން މަހުގެ ބަރަކާތްތެރިކަން އެކުގައި އިހުސާސްކުރުމުގެ ފުރުސަތެއްވެސް ލިބިގެންދިޔަ ހަރަކާތެކެވެ.
ހީލަރސްއިން ކޮންމެ އަހަރަކުވެސް މިފަދަ ހަރަކާތްތައް ރާވައި ހިންގަމުންދާއިރު، މިއީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް މުހިންމު ދައުރެއް އަދާކުރާ ހަރަކާތެއްކަން ފާހަގަކުރެވެއެވެ.





