ހީލާރސް އަދި ތަރަހަ ގުޅިގެން 2025 ވަނަ އަހަރުގެ ދެވަނަ ޓާރމްއަށް ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަދި ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްއާ ގުޅުނު ދަރިވަރުންނަށް ހާއްސަކޮއްގެން “ކްރައިމް ސީން ކްރޫ” ގެ ނަމުގައި ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 1 ސެޕްޓެމްބަރު 2025 ވީ ހޯމަ ދުވަހުގެ ރޭ އެފް.އެޗް.އެސް ހޯލް ގައެވެ.
މި އިވެންޓް ރޭގަނޑު 20:00 އިން 22:00 އަށް ކުރިއަށް ގެންގޮސްފައިވާއިރު ދެ ފެކަލްޓީ އަށް އަލަށް ގުޅުނު ދަރިވަރުންގެ އިތުރުން ގޮފިތަކުގެ ކުރީގެ ލީޑަރުންވެސް ބައިވެރިވެ ދަރިވަރުންނާ މުހާތަބު ކޮށް، ކިޔެވުމަށް ސަމާލުކަންދީ ހުސްވަގުތުތަކުގެބޭނުން ހެޔޮގޮތުގައި ހިފައި، ދަރިވަރުންގެ ހުނަރުތައް ތަރައްގީ ކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ. އެއާއިއެކެ ލިބޭ ކޮންމެ ފުރުސަތެއްގައި ޔޫނިއަން އިން ދަރިވަރުންނާއިއެކު ތިބޭނެ ކަމުގެ ޔަގީން ކަން އަރުވައިފައިވެއެވެ.
މި އިވެންޓް ގައި ދަރިވަރުން ޝައުގުވެރިވާނެހެން ތަފާތު އެކި ގޭމްތަށް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން “ފައިންޑް ދަ މާރޑަރާ” ގެ ނަމުގައި ކުރިޔަށް ގެންދިޔަ ގޭމަކީ ގިނަ ދަރިވަރުންގެ ތަރުހީބު ލިބިގެންދިޔަ ގޭމެކެވެ. މީގެ އިތުރުންވެސް ތަފާތު އެކި ގޭމްތައް ކުރިޔައް ގެންގޮސްފައިވެއެވެ.
މި ހަރަކާތަކީ ކޮންމެ ޓާރމެއްގެ ފެށުމުގައި އާންމުގޮތެއްގައި ހިންގާ ހަރަކާތަކެވެ. އަދި ދަރިވަރުންގެ ބޮޑުތަރުހީބެއް ލިބިގެންދާ ހަރަކާތެކެވެ.





