ކޮންމެ އަހަރަކު ވެސް ފެސާއިން އިންތިޒާމްކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ – ”ފެސާ އިޝާރާތް މުބާރާތް 1447“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މިމުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކެއްގެ މެދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ބުރަކަށް ބަހާލައިގެންނެވެ. އެއީ ވަކި ބުރު، ނަކަލު ބުރު، ޕެއަރ ބުރު އަދި އަވަސް ބުރެވެ.
މި މުބާރާތް އޮންނާނީ އަންގާރަ ދުވަހު ގެ ރޭ 19:45 ގައި އެފް.އީ އޮޑިޓޯރިއަމްގައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ފެކަލްޓީއަކުން 5 ދަރިވަރުން ބައިވެރިވާގޮތަށެވެ. މި މުބާރާތުގެ މަޤުސަދަކީ ދަރިވަރުންގެ ހިތްތަކުގައި މާދަރީ ބަހަށް ލޯބި އިތުރުކުރުވުމާއި، ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.
މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ފާއިތުވި އަހަރު މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންއެވެ. މިއަހަރުގެ މުބާރާތަށްވެސް ފެކަލްޓީތަކުގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.





