އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ އެސޯސިއޭޝަން (އެސްޓާ) އަދި ތަރަހަ ގުޅިގެން އެޑްވެންޗަރސް ގިލްޑާއެކު ބޭއްވި ގޭމްނައިޓް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ގާތްގަނޑަކަށް 100 ދަރިވަރުން ބައިވެރިވި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެފް.އީ ޕީ.އީ ހޯލްގައެވެ.
މި ހަރަކާތަކީ މިދިޔަ ޓާމުގައި ވެސް އެސްޓާ އެޑްވެންޗަރާރްސް ގިލްޑާއި ގުޅިގެން ބޭއްވި ހަރަކާތެކެވެ. މިފަހަރު މި ހަރަކާތް އިންތިޒާމް ކުރުމުގައި ސީ.އެފް.އެސްގެ ގޮފި ތަރަހަވެސް ބައިވެރިވީކަން ފާހަގަކޮށްލެވެއެވެ. މި ހަރަކާތުގައި ވަނީ އެކި ފެކަލްޓީތަކުގެ ދަރިވަރުން ބައިވެރިވެ އެކިކަހަލަ މަޖާ ބޯޑް ގޭމްސް އަދި ޓީމް ބިލްޑިން ގޭމްސް ކުޅެފައެވެ. ބައެއް ދަރިވަރުން ފާހަގަ ކުރި ގޮތުގައި މި ގޭމްނައިޓުން ވަނީ އެކިކަހަލަ ތަފާތު ގޭމްތައް ކުޅޭނެގޮތް ދަސްވެފައެވެ.
މި ގޭމްނައިޓްއަކީ އެސްޓާ އާއި ތަރަހަ އަދި އެކި ފެކަލްޓީތަކުގެ ދަރިވަރުންގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ގޭމް ނައިޓްގައި ކުޅެވުނު ގޭމްތަކުގެ ސަބަބުން ދަރިވަރުންގެ ކްރިޓިކަލް ތިންކިންގ އަދި ޓީމް ވޯކް ހަރުދަނާވެގެންދާނެއެވެ. މި ހަރަކާތުގައި އެކިއެކި ތަފާތު ބޯޑް ގޭމްސް އަދި ޓީމް ބިލްޑިންގ ގޭމްސް ކުޅެވުނެވެ.
އެސްޓާ އަދި ތަރަހައިގެ މަގްސަދަކީ ދަރިވަރުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް މި އަހަރު ކުރިޔަށް ގެންގޮސް ކާމިޔާބު އަހަރަކަށް ހެދުމެވެ.





