ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ ކުރީކޮޅުގަ ފާހަގަ ކުރަމުން އަންނަ ވޯރްލްޑް މެންޓަލް ހެލްތް ޑޭ އާއި ގުޅުވައިގެން ހީލާރްސް އިން އާރްޓް އެގްޒިބިޟަން އެށް ކުރިއަށް ގެންގޮސްފިއެވެ. މި އެގްޒިބިޟަން 31 އޮކްޓޯބަރ ވީ ހުކުރު ދުވަހު ކުރިޔަށް ގެންދެވިފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ސެމިނަރ ހޯލްގައެވެ.
”ތުރޫ ދި އައިސް އޮފް ދަ މައިންޑް -މެންޓަލް ހެލްތް އާރްޓް އެގްޒިބިޝަން“ މިނަމުގައި ކުރިޔަށް ގެންދެވުނު އެގްޒިބިޝަން އަށް ވަނީ ދަރިވަރުންނާއި އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. މި އެގްޒިބިޝަންގައި މޮޑާން އާޓް، ޕޮއެޓްރީ، ޑިޖިޓަލް އާރޓް ފަދަ އެކި ކެޓަގަރީއިން ތަފާތު އެކި އާޓް ވޯކް ބައިވެރި ކުރުވައިފައިވެއެވެ.
ތަފާތު ގިނަ އާޓްވޯކްތައް މިއެގްޒިބިޝަންއަށް ހުށަހަޅައިފައިވާއިރު މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ސްކޫލް އޮފް މެޑިސިންގެ މަރިޔަމް ލައިސާ އަބްދުލް ރަޝީދެވެ. އަދި ދެވަނަ ފެކަލްޓީ އޮފް ހެލްތުސައިންސުގެ ލަމްޢާ ޖަމީލް ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ ޝަރަފުﷲ ޝަރީފް އެވެ.
މި މުބާރާތުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި އާންމުވަމުން އަންނަ ތަފާތު ނަފްސާނީ ދުޅަހެޔޮކަމާ ގުޅުން ހުރި ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ކުރިއަށްއޮތް ތާނގަވެސް މިފަދަ އެކި ހަރަކާތްތައް ކުރިޔަށްދާނެކަން ހީލާރސް އިން ވަނީ ފާހަގަކޮށްފައެވެ.





