2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަސްގައި އަލަށް ކިޔަވަން ފެށި ދަރިވަރުންނަށް ޚާއްސަކޮށް ނޭކައިން ކުރިއަށް ގެންދިޔަ ފްރެޝަރސް ނައިޓް ކާމިޔާބުކަމާއެކު ކުލަގަދަކޮށް ބާއްވައިފިއެވެ.
27 ފެބްރުއަރީ ވީ ހުކުރު ދުވަހުގެ ރޭ ބޭއްވުނު މި ފްރެޝަރސް ނައިޓްގައި ވަނީ ދަރިވަރުންގެ ޚާއްސަ ތަރާވީސްދަމެއް ވެސް ކެމްޕަސްގެ ހުރިހާ ދަރިވަރުންގެ އެހީތެރިކަމާ ބައިވެރިވުމާއެކު ކުރިއަށް ގެންގޮސްފައެވެ.
ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ތިނަދުއަށް އައި ޓީމާއެކު ކުރިއަށް ގެންދެވުނު މި އިވެންޓުތަކުގައި ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ދަރިވަރުން އެކަކު އަނެކަކާ ތައާރަފްވުމަށް ވަނީ ހަރަކާތްތައް ކުރިއަށް ގެންދެވިފައެވެ. އަރަބި ތީމަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ މި ޚާއްސަ ހަރަކާތުގައި ކެމްޕަސްގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑޢއިގެންފައިވެއެވެ.
ނޭކައިން މި އަހަރު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުހިއްމު ޙަރަކާތްތަކުގެ ތަފްސީލްވެސް ދަރިވަރުންނަށް މި އިވެންޓްގެ ތެރެއިން ހިއްސާކުރެވިފައިވެއެވެ.





