ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ނޭކައިން ގުޅިހގެން ތިނަދޫ ކެމްޕަސް ރޯދަ ވީއްލުން ބާއްވައިފިއެވެ.
28 ފެބްެރުއަރީ ހޮނިހިރު ދުވަހު ބޭއްވި މި ރޯދަ ވީއްލުން އޮތީ ތިނަދޫ ކެމްޕަސްގެ ގޯތި ތެރޭގައެވެ.
މި ޙަރަކާތުގައި ތިނަދޫ ކެމްޕަސްގެ މެނޭޖްމެންޓާއި މުވައްޒަފުން އަދި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ކެމްޕަސްގެ މުވައްޒަފުންނާއި ދަރިވަރުން އަމިއްލައަށް މި ރޯދަ ވީއްލުމަށް ފޯރިއާއެކު ވަނީ ތަފާތު ބާވަތްތައް ތައްޔާރުކޮށްފައެވެ.
ދަރިވަރުންގެ މެދުގައި އަދި ދަރިވަރުންނާއި ކެމްޕަސް މުވައްޒަފުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މި ޙަރަކާތުން ވަނީ ދަރިވަރުންނާއި މުވައްޒަފުންނަށް ރަސްމީ މާޙައުލުގެ ބޭރުން ވާހަކަދައްކާލާ ކަންކަން ހިއްސާކުރުމަށްވެސް ފުރުސަތު ފަހިވެފައެވެ.





