ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަސްގެ ގޮފި ނޭކައިން 1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ހަދިޔާ ބަދަލުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ޢީދު ދުވަހުގެ އުފަލުގައި އެންމެން ބައިވެރިކޮށް ދުވަހުގެ ހެޔޮ އެދުންތައް ފޮނުވުމުގެ މަޤްސަދުގައި މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ތިނަދޫ ސިޓީގައެވެ. ޢީދު ނަމާދަށް ފަހު ފެށުނު މި ޙަރަކާތުގެ ތެރެއިން ބަލި މީހުންނާއި އިސްރަށްވެހިން ހިމެނޭހެން ރަށުގެ ކުދިބޮޑު ގިނަ ބަޔަކަށް ހަދިޔާ ބަދަލުކުރެވިފައިވެއެވެ.
ނޭކައިން ކުރިއަށް ގެންދިޔަ ހަދިޔާ ބަދަލުކުރުމުގެ ޙަރަކާތުގައި ނޭކައިގެ އިސްވާރުން ވަނީ ބައިވެރިވެފައެވެ.






