ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި ކަމުގައިވާ ގުރުޒުން ޑައުން ސިންޑްރޯމް ދުވަސް ފާހަގަކޮށްފިއެވެ.
މާރިޗް 21 ވަނަ ދުވަހަކީ ޑައުން ސިންޑްރޯމް ދުވަހަށް ވީ ނަމަވެސް އެ ދުވަހަކީ ދިވެހިރާއްޖޭގެ ސަރުކާރު ބަންދު ދުވަހަކަށް ވުމުގެ ސަބަބުން ގުރުޒުން އެ ދުވަސް ފާހަގަކުރީ މާރިޗް މަހުގެ 23 ވަނަ ދުވަހުއެވެ.
ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީ ކެމްޕަހުގެ ދަރިވަރުން ކިޔެވުމަށް ކެމްޕަހަށް ހާޒިރުވީ ތަފާތު ދެވައްތަރުގެ އިސްޓާކީނުގައެވެ. ދެ ވައްތަރުގެ އިސްޓާކީނު ރަމްޒުކޮށްދެނީ ކޮންމެ މީހަކުވެސް ތަފާތުކަމެވެ. އަދި އެ ތަފާތުތައް ބަލައިގަނެ އިހުތިރާމުކުރުމަކީ އަޅުގަނޑުމެން އެންމެންގެވެސް ފަރުދީ ޒިންމާއެކެވެ.
މިދުވަސް ފާހަގަކުރުމުގައި ގުރުޒުގެ ހީވާގި ހިންގުންތެރިންގެ އިތުރުން ކުޅުދުއްފުށި ކެމްޕަހުގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބުނުކަން ގުރުޒުން ފާހަގަކުރަނީ އުފަލާއެކުއެވެ.





