އެމްއެންޔޫއެސްޔޫ-އެސްއެސްއެލްގެ 13ވަނަ ޤުރުއާން މުބާރާތް އަދި އެމް.އެން.ޔޫ.އެސް.ޔޫ-ސިއާ މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 މާރިޗު މަހުގެ 23 ވަނަ ދުވަހުގެ ރޭގައި އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއަރޒް، ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލް ޙަކީމްއެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނިފައިވާއިރު، މުބާރާތުގައި 100 އެތައް ދަރިވަރުންނެއް ކިޔަވާފައިވެއެވެ. އެހެން އަހަރުތަކޭ ޚިލާފަށް މި އަހަރުގެ މި މުބާރާތުގައި، ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ފަސް ދަރިވަރުން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު ފަސް ދަރިވަރުން ހޮވާފައިވެއެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ފަސް ދަރިވަރުންނަށް ހޮވިފައިވަނީ:
ސާރާ ބިންތި ޢަބްދުالله، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
ދާނިޝް ބިން މުޙައްމަދު ފަތުހީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
އާއިން ބިން މުޙައްމަދު އިބްރާހީމް، ފެކަލްޓީ އޮފް އެޑިއުކޭޝަން
ޙުސައިން ޝަހުބާން، ފެކަލްޓީ އޮފް އެޑިއުކޭޝަން
އާއިޝަތު ޔާނާ އަޙްމަދު، ސްކޫލް އޮފް ނަރސިންގް
ޢާއިޝަތު އުސްރާ އިބްރާހީމް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އެވެ.
އަދި މި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު ފަސް ދަރިވަރުންނަށް ހޮވިފައިވަނީ
ޝާޔާ ޒާހިރު، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
ރައުހާ ޙުސައިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ޙުސައިން ޝަހުބާން، ފެކަލްޓީ އޮފް އެޑިއުކޭޝަން
އުވައިސް ބިން އިނާޒް، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
ޝަޔާން މުޙައްމަދު ރަޝީދު، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއެވެ.
ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދެވަނަ ލިބިފައިވާއިރު، ތިންވަނައަށް ގޮސްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންއެވެ.
މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތާއިއެކު، އެމް.އެން.ޔޫ.އެސް.ޔޫ-ސިއާ މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި މުބާރާތުގައި ވަކިވަކި މަދަަޙަ ހުށަހެޅުމާއި، ފެކަލްޓީ ގުރޫޕު މަދަހަ ހުށަހެޅުމުގެ ބައި ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ވަކި ވަކި ވަކި މަދަޙަ ހުށަހެޅުމުގެ ބައިން އެންމެ މޮޅު ފަސް ދަރިވަރުންނަށް ހޮވިފައިނީ :
ފާޠިމަތު މަފާޒާ، ސްކޫލް އޮފް ނާރސްިނގް
ނަޝްވާ ޢަބްދުލް މުޙްސިން ، ފެކްލްޓީ އޮފް އެޑިއުކޭޝަން
އާމިނަތު މުޒްނާ ވަޙީދު، ސްކޫލް އޮފް ނަރސިންގް
އަޙްމަދު ޝަޔާން ޝާމިން، ފެކަލްޓީ އޮފް ހެލްތް ސައިންސް އަދި،
އަޙްމަދު ޝާޠިރު ޢަލީ، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް އެވެ.
ގުރޫޕު މަދަޙައިގެ ބައިން އެންމެ މޮޅު 5 ހުސަހެޅުމަކަށޤ ހޮވިފައިވަނީ
ސްކޫލް އޮފް ނަރސިންގ އިން ހުށަހަޅައިދިން ‘ދާތީ ލިބެމުން ނޫރު އިލާހީ’
ސްކޫލް އޮފް މެޑިސިން އިން ހުށަހަޅައިދިން ‘ދުނިޔޭގެ ކަންފަތައް’ އަދި،
ފެކަލްޓީ އޮފް ހެލްތް ސައިންސް އިން ހުށަހަޅައިދިން ‘ފުރާނައިގެ ސިއްރެއް އެނގޭހޭ’ އެވެ.
މި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ފެކަލްޓީއަކަށް ސްކޫލް އޮފް ނަރސިންގ އިން ހޯދާފައިވާއިރު، ދެވަނަ ހޯދައިފައިވަނީ ފެކަލްޓީ އޮފް ހެލްތް ސައިންސް، އަދި ތިންވަނަ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން ހޯދާފައިވެއެވެ.
މި އަހަރުގެ އެމް.އެން.ޔޫ.އެސް.ޔޫ-އެސް.އެސް.އެލް ޤުރުއާން މުބާރާތާއި، އެމް.އެން.ޔޫ.އެސް.ޔޫ-ސިއާ މަދަޙަ މުބާރާތަކީ ގިނަ ދަރިވުންތަކެއް ބައިވެރިވި، ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމާލެވުނު ދެ މުބާރާތެވެ.





