ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 2026ވަނަ އަހަރުގެ އެންމެ ހަރަކާތްތެރި ގޮތްޕަކަށް ތިނަދޫ ކެމްޕަހުގެ ގޮފި ”ނޭކަ“ ހޮވިއްޖެ އެވެ.
ގޮފިތަކަށް އިނާމު ދީފައިވަނީ ދަރިވަރުންގެ ޔޫނިއަންގެ 15ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހު ކުރުމަށް ހުކުރުދުވަހުގެރޭ އެމް.އެން.ޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށްދިޔަ ހަފްލާ އެއްގައެވެ.
އެންމެ ހަރަކާތްތެރި ގޮތްޕަކަށް ނޭކަ ހޮވުނުއިރު، ދެވަނަ އަށް ހޮވުނީ މެޑިކޯސް އެވެ. އަދި ތިންވަނަ އަށް ދިޔައީ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި ”ގުރުޒު“ އެވެ. ކުރިއެރުން ހޯދައިގެން ”ޕްރޮގްރެސިވް އެވޯޑް“ ހޯދާފައިވަނީ ގަމު ކެމްޕަހުގެ ގޮފި ”އަހުރަ“ އަދި ”އަބިސް“ އެވެ.
ދަރިވަރުންގެ ޔޫނިއަންގައި ޖުމްލަ 14 15 ހިމެނެއެވެ. އޭގެ ތެރެއިން11 ގޮތްޕެއް ހަރަކާތްތެރިވަނީ މާލޭ ކެމްޕަހުގައެވެ. ބާކީ 4 ގޮތްޕަކީ އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ހަރަކާތްތެރިވާ ގޮފިތަކެވެ.






