ނިޔަރެސްގެ ފަރާތުން، އެމް.ޑަބުލިޔު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019 ގެ ބައިވެރިން، ކުރި ހިއްވަރު އަގުވަޒަން ކުރުމުގެ ގޮތުން، ނިޔަރެސްގެ ފުޓްސަލް ޓީމްގެ ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކޮށްފިއެވެ. މި ކުޑަ ރަސްމިއްޔާތު ބޭއްވިފައިވަނީ 26 ސެޕްޓެންބަރ ވީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ން 22:00 އަށް އެސް.އެން، ބިލްޑިންގު ގެ 6 ވަނަ ފުލޯގެ 4 ވަނަ ކުލާސް ރޫމުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ ސުކޫލް އޮފް ނާސިންގެ ޑީން އާސިޔާ އިބްރާހީމް އެވެ.
އެސް.އެން ފުޓްސަލް ޓީމްގެ ހުރިހާ ކުޅުންތެރިންނާއި ކޯޗްއާއި ލެކްޗަރާއިންނަށް ވަނީ ދައުވަތު އެރުވިފައެވެ. އަދި މިދައުވަތު ޤަބޫލު ކުރައްވައި ވަރަށް ގިނަ ބޭފުޅުން ވަނީ ރަސްމިއްޔާތު ގައި ބައިވެރިވެފައެވެ.
މި ފުޓްސަލް އިވެންޓަށް ވަނީ ސްކޫލް އޮފް ނާސިންގެ ވަރަށް ގިނަ ދަރިވަރުންގެ ތަރުހީބް ލިބިފައެވެ. މިގޮތުން މިކަން ފާހަގަކޮށް އެސް.އެންގެ ފުޓްސަލް ޓީމްގެ ހުރިހާ ކުޅުން ތެރިންނަށާއި އެހީތެރިންނަށް މި ފުޓްސަލް މުބާރާތުގައި ބައިވެރިވިކަމުގެ ހަދާނީ ލިޔުމެއް ނިއަރެސްގެ ފަރާތުން ވަނީ އަރުވާފައެވެ. މި ހަދާނީ ލިޔުންތައް ހުރިހާ ބޭފުޅުންނަށް ހަވާލުކޮށް ދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ސުކޫލޮ އޮފް ނާސިންގެ ޑީން އާސިޔާ އިބްރާހީމް އެވެ.
މީގެ އިތުރުން ރަސްމިއްޔާތުގެ ބައިވެރިން އިންސާފުކުރެއްވުމަށް ކެއުމެއް ވަނީ ހިމަނާފައެވެ. މި ފުޓްސަލް އިވެންޓް ނިންމައިލައިފައި ވަނީ ސްކޫލް އޮފް ނާސިންގެ ވަރަށް ގިނަ ބޭފުޅުންގެ އެހީއާއެކުގައިކަންވެސް ފާހަގަކޮއްލަމެވެ.
އަދި އަޅުގަނޑުމެން ކުރާކޮންމެ ކަމެއްގައި ހިއްވަރުދެއްވާ އަމަލީގޮތުން ބައިވެރިވާ ކަމައްޓަކައި އަޅުގަނޑުމެންގެ ޑީން އާސިޔާ އިބްރާހީމްއަށް ފައްފަށުން ޝުކުރުދަންނަވަމެވެ.
ފާތިމަތު އަބޫބަކުރު
މީޑިޔާ ކޯޑިނޭޓަރ
ނިޔަރެސް، އެމް،އެން،ޔޫ،އެސް،ޔޫ








