ހީލާރސް އިން ބޭއްވި މި ދަރުހުގައި ނަސޭހަތް ދެއްވެވީ ޑރ. އިޔާޟް އަބްދުއްލަތީފްއެވެ. ދަރުސް ބާއްވައިފާވަނީ މިރޭ 9:15 އިން ފެށިގެން އެފް.އެޗް.އެސް/އެސް.އެން ގެ އޮޑިޓޯރިއަމްގައެވެ. މިދަރުސްގައި ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި ވީހާވެސް ދަރުމަ އިތުރު ކުރުމަށް ކުރެވިދާނެ ކަންތައްތައްވަނީ ޑރ. އިޔާޟް ކިޔާދެއްވާފައެވެ. އަދި ރަމަޟާން މަސް ހާއްސަވެގެންވާ ސަބަބު ތަކަށްވެސް ވަނީ އަލިއަޅުވާލާފައެވެ. މި ދަރުސް ނިންމުމަށްފަހު ބައިވެރިވި ފަރާތްތަކަށް ވަނީ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ދަރުސް ވަނީ ހީލާރސް ގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރެވިފައެވެ.