މިރޭ ބޭއްވި ހީލާރސް މާހެފުމުގައި ވަނީ ދަރިވަރުންނާއި އަދި ފެކަލްޓީގެ ގިނަ ލެކަޗަރާރސް ބައިވެރިވެފައިވެއެވެ. އަދި އެފް.އެޗް.އެސް ގެ ޑީން ޑރ. ފަޒީލާ ވަހީދްވެސް ވަނީ މާހެފުމުގައި ބައިވެރިވެފައެވެ. އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާކޮމެޓީގެ ގިނަ މެމްބަރުންނާއި ކުރީގެ އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަލީ ރަޝީދް އަހްމަދު ވެސް ހީލާރސްގެ މި ހަރަކާތުގައިވަނީ ބައިވެރިވެފައެވެ.
ދިވެހިވަންތަ ކެއުންތަކަކާއި އެކު މަޖާއެކި ކުޅިވަރުތައް ވަނީ މި މާހެފުމުގެ ތެރެއިން ގެންގޮސްފައެވެ. ދަރިވަރުންނާއެކު ލެކްޗަރާރސްވެސް ކުޅިވަރުތަކުގައި ބައިވެރިވެފައިވެއެވެ. މިއީ ހީލާރސްއިން ލެކްޗަރާރސްއާއި ދަރިވަރުންނާއެކު މަޖާ އެކުވެރިމާހައުލެއްގައި ކުރިޔަށްގެންދިޔަފުރަތަމަ ހަރަކާތެވެ. މި ހަރަކާތުގެ ބޭނުމަކީ އެކި ޑިޕާރޓްމެންޓްތަކުގައި ކިޔަވަމުންދާ ދަރިވަރުން އެކުވެރިކުރުވާ ގުޅުން ބަދަހި ކުރުމެވެ.
މާހެފުމުގެ ތެރެއިން މިދިޔަ ހަފްތާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުން އެފް.އެޗް.އެސްގެ އަންހެންޓީމް ހޯދި ރަނާ-އަޕް ތަށި ވަނީ ޓީމްގެ ފަރާތުން ފެކަލްޓީއާއި ހަވާލު ކޮއްފައެވެ. ތައްޓާއި ހަވާލުވީ ފެކަލްޓީގެ ޑީން ޑރ. ފަޒީލާ ވަހީދްއެވެ.

