Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

ވޮލީ މުބާރާތުގެ ފުރަތަމަ މެޗު އެފް.އެޗް.ޓީ.އެސް އަށް

މިއީ ވޮލީ މުބާރާތް ބާއްވާ 8 ވަނަ ފަހަރު

މުޙައްމަދު ޔާސިރު މޫސާ by މުޙައްމަދު ޔާސިރު މޫސާ
2022-03-12
in ހަރަކާތް, ޚަބަރު
ވޮލީ މުބާރާތުގެ ފުރަތަމަ މެޗު އެފް.އެޗް.ޓީ.އެސް އަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ މެދުގައި ކޮންމެ އަހަރަކު ބާއްވާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ފެށުމަށް އެމް.އެން.ޔޫ ޕީއީ ހޯލުގައި ހުކުރު ދުވަހުގެރޭ  20:00 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއަރޒް މުޙައްމަދު މާހިރު ޢީސާއެވެ. މީގެ އިތުރުން އެމް.އެން.ޔޫ އާއި އެމް.އެން.ޔޫ.އެސް.ޔޫގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ރަސްމިއްޔާތު ފެށުނީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރި އަންހެން އަދި ފިރިހެން ޓީމުގެ ކެޕްޓަނުން މުބާރާތުގެ ތަށި ހަވާލުކުރުމުންނެވެ. އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕުގެ ސަގާފީ ހަރަކާތަކާއެކު ރަސްމީ އިއްޒަތުގައި މުބާރާތުގެ ތަށި ގެނެސްދިނީ ބިޒްނަސް ސްކޫލް ސްޓޫޑެންޓްސް އެސީސިއޭޝަންގެ މިދިޔަ އަހަރުގެ އަންހެން ޓީމުގެ ކެޕްޓަން ޝަމްހާ ރިޔާޒާއި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ މިދިޔަ އަހަރުގެ ފިރިހެން ޓީމުގެ ކެޕްޓަން ޢަލީ ނިމާލެވެ.

މުބާރާތުގެ ތަށި ހަވާލުކުރުން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އަންހެން އަދި ފިރިހެން ޑިވިޝަނަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 10 ފެކަލްޓީއަކުން މިއަހަރު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންމެ ޑިވިޝަނަކުން ވެސް 8 ޓީމެވެ. އަދި މިއަހަރަކީ ސްކޫލް އޮފް މެޑިސިން އިން އަލަށް އަންހެން ޓީމެއް އަދި ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒުން އަލަށް ފިރިހެން ޓީމެއް ނެރުނު އަހަރެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ މުބާރާތުގައިވެސް ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ތިން ސެޓަށެވެ. ސެމީ އާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފަސް ސެޓަށެވެ.

ދަރިވަރުންގެ މެދުގައި ބާއްވާ ދެވަނައަށް އެންމެ ބޮޑު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެކަލްޓީ އޮފް ޝަރީއާ އިން ލޯ (އެފް.އެސް.އެލް) އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ގެ ފިރިހެން ޓީމެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކުރީ އެފް.އެޗް.ޓީ.އެސްގެ ޓީމުންނެވެ. ފުރަތަމަ ސެޓު 25-09 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެފްއެޗްޓީއެސް ކާމިޔާބުކުރިއިރު، އެޓީމުން ދެވަނަ ސެޓު ހޯދީ 25-14 އިންނެވެ.

އެފް.އެޗް.ޓީ.އެސް އާއި އެފް.އެސް.އެލް ބައްދަލުކުރި މެޗު | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އެފްއެޗްޓީއެސްގެ ޖާޒީ ނަންބަރު 12، އަލީ އާރިފްއެވެ. އެ މުބާރާތުގައި އާރިފް ކުޅުނީ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގެ ޓީމަށެވެ.

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ މިފަދަ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އީސްޓޭޓް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، އެންޒީ، އޭވް އަދި އޮއޭސެސް ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކީ ކުލަ މޯލްޑިވްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރ އަކީ ސަން މީޑިއާ ގްރޫޕެވެ.

މުޙައްމަދު ޔާސިރު މޫސާ

މުޙައްމަދު ޔާސިރު މޫސާ

ބީ.އެސް.އެސް.އޭގެ 7 އަދި 8 ވަނަ ދައުރުގެ ރައީސް

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވަނީ!

2026-05-13
އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

އެމް.އެން.ޔޫ.ބީ.އެސް ބަލިކޮށް އެމް.ބީ.އެސްގެ ދެޓީމުވެސް ސެމީއަށް!

2026-05-12
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2026: ކުއާޓާ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ޔަގީންވެއްޖެ

2026-05-10
ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

ނޭކައިގެ ފުރަތަމަ މޫވީ ނައިޓް ވަރަށްވެސް ކާމިޔާބު!

2026-05-09
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ތަފާތު ހަރަކާތެއް!

2026-05-09
އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

އެފް.އެޗް.ޓީ.އެސް، ސީ.އެފް.އެސް އަދި އެމް.އެން.ޔޫ.ބީ.އެސްގެ އަންހެން ޓީމުތައް ކުއާޓާ ފައިނަލަށް

2026-05-09
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab