ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން މުޅިން އަލަށް ”އެމް.އެން.ޔޫ.އެސް.ޔޫ ނޫޑުލް ރަން“ ނަމުގައި އިންތިޒާމުކުރި ދުވުން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ޖުލައި 13 ވަނަ ދުވަހު ހެދުނު ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ މި ދުވުމަކީ ޗައިނާގެ ރޯޓައިމް ކުންފުނިން ރާއްޖޭގައި ހުޅުވި ލިއަން-ޝުއޭ-ޗިންގ ރެސްޓޯރެންޓް ހުޅުވުމުގެ މުނާސަބަތުގައި އެ ރެސްޓޯރެންޓާއި ގުޅިގެން ޔޫނިއަނުން
ކުރިއަންގެންދިޔަ ހަރަކާތެކެވެ.
ހުޅުމާލެ ރީތިގަސް މަގުގައި ހުންނަ ލިއަން-ޝުއޭ-ޗިންގ ރެސްޓޯރެންޓް ކުރިމަތިން ފެށި މި ދުވުން ސިންތެޓިކް ޓްރެކަށް ނިންމިއިރު، ހުރިހާ ބައިވެރިންނަށް ވަނީ މެޑަލް ދެވިފައެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއަކަށް ވެސް އެ ރެސްޓޯރެންޓުގެ ގިފްޓް ވައުޗަރ ކާޑެއް ވަނީ ހަދިޔާ ކޮށްފައެވެ.
މި ދުވުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެނޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޟް އާއި ކުރީގެ ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ ބައިވެރިވަޑައިގަންނަވާފައެވެ. އަދި ޗައިނާ އެމްބަސީގެ އިސްވެރިންވެސް ވަނީ މި ދުވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
500 އަށްވުރެ ގިނަ ބައިވެރިންނާއެކު މިދުވުން ކާމިޔާބު ކަމާއެކު ނިންމާލުމުގައި ދަރިވަރުންގެ ޔޫނިއަންގެ އިސްވާރުންގެ ފާރާތުން ލިބުނު އެއްބާރުލުން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ދުވުން އިންޓިޒާމުކުރުމުގެ އެކި ހަރަކާތްތަކުގައި ޔޫނިއަންގެ 30 އިސްވާރުންވަނީ ހަރަކާތްތެރިވެފައެވެ.
މިފަދަ އިޖްތިމާއީ ހަރަކާތްތައް އިންތިޒާމުކުރުމާއި، ރާވާ ހިންގުމުގައި އިސްވާރުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަކީ ޔޫނިއަންގެ އެއް އަމާޒެވެ.





