އެމް.އެން.ޔޫއަށް މިއަހަރުގެ ފެބްރުއަރީ އިންޓޭކުގައި އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފިއެވެ.
މިއަދު އެމް.އެން.ޔޫ ސެންޓަރަލް އޮޑިޓޯރިއަމްގައި ބޭއްވުނު މިއޮރިއެންޓޭޝަންގައި ދަރިވަރުންނާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާކުރެވިފައެވެ. އެގޮތުން ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާއި، ކޯސްތަކުގެ ފީއާއި، ދަރިވަރުންނަށް ޔުނިވަރސިޓީން ފޯރުކޮށްދޭ އެހީތަކުގެ މައުލޫމާތު ދެވިފައިވެއެވެ. އަދި ދަރިވަރުންގެ އިމްތިހާނުތަކާ ގުޅޭ ގޮތުންނާއި، ލައިބްރަރީގެ ޚިދުމަތްތަކާއި ގުޅޭ މައުލޫމާތުތައްވަނީ ދެވިފައެވެ. މީގެ އިތުރުން އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންއާ ގުޅޭ މައުލޫމާތުތައް ވެސް ހިއްސާކުރެވުނެވެ.
އިންފޮމޭޝަން ސެޝަންއަށް ފަހު ރެޖިސްޓްރޭޝަންގެ ކަންތައްތަކާއެކު ”މާރެސް“ ނަމުގައި ކުޅިވަރު ހަރަކާތްތަކެއްވެސްވަނީ ކުރިއަށްގެން ގޮސްފައެވެ. މާރެސް އިންތިޒާމުކުރުމާއި، އޮރިއެންޓޭޝަންގެ ބައިވެރިންނަށް އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ދެވުނު ހަދިޔާ ދިނުމުގައާއި، އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ގުރޫޕަށް ވަނުމަށް ޝައުގުވެރިވާ ދަރިވަރުންގެ ނަން ލިސްޓު ނެގުމުގައި ޔޫނިއަންގެ 30އަށް ވުރެ ގިނަ އިސްވާރުންވަނީ ހަރަކާތްތެރިވެފައެވެ.
މިއަދުގެ އޮރިއެންޓޭޝަންގެ ބައިވެރިންނަށް، ޒެއުސްގެ ފަރާތުން ގިފްޓް ޕެކް ވަނީ ހަދިޔާކޮށްދީފައެވެ. މިފުރުސަތުގައި އެބޭފުޅުންނަށް ހާއްސަ ޝުކުރެއް ރައްދުކުރަމެވެ.
އެމް.އެން.ޔޫގެ މިފަދަ ކޮންމެ ހަރަކާތެއްގައިވެސް އެމް.އެން.ޔޫ.އެސް.ޔޫ އިން އަބަދުވެސް އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެއެވެ.