ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން، (ޝީ)ގެ ފަރާތުން ކުރިޔަށް ގެންދިޔަ ”އަންބަލަން 2024“ ގައި މެޑިކޯސްގެ ހަތް ދަރުމަވެރިން ބައިވެރިވެއްޖެއެވެ.
މިހަރަކާތަކީ ޝީގެ ފަރާތުން ފަންޑްރެއިސިންގ އިވެންޓެއްގެ ގޮތުގައި ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް މެޑިކޯސްގެ ދަރުމަވެރިން ވަނީ މި ހަރަކާތުގައި ބައިވެރިވެ ހެލްތް ސްކްރީނިންގ ސްޓޯލްގައި ހަރަކާތްތެރިވެފައެވެ.
މި ސްޓޯލްގެ ތެރެއިން ބައިވެރިންގެ ލޭގައި ހަކުރު ހުރި މިންވަރާއި، ލޭގެ ޕްރެޝަރ އަދި އިސްކޮޅާއި ބަރުދަން ބެލުން ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި ހަމައެހެންމެ ސިއްހީ މައުލޫމާތު ދިނުން ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މިގޮތުން މިހަރަކާތްތަކުގެ ތެރެއިން މި އަހަރު ވަނީ ގާތްގަނޑަކަށް 75 އަކާއި 100 އާ ދެމެދުގެ އަދަދެއްގެ މީހުން ސްކްރީންކޮށްފައެވެ.
މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި އަދި ހުކުރުދުވަހުގެ 1500 އިން 2200 އަށެވެ. މިހަރަކާތުގައި ކާބޯތަކެތި، އަންނައުނު އަދި ހިފާގެންގުޅޭ ތަކެތި ވިއްކުމުގެ ސްޓޯލްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.





