ދިވަހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ އިންޓަރ ފެކަލްޓީ ވޮލީ މުބާރާތުގެ މީޑިއާ ޕާޓްނަރ މެދުރޮނގާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެމް.އެން.ޔޫ ސެންޓްރަލްގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މި ޖަމިއްޔާގެ ނައިބު ރައީސް އިތުރުހަރަކާއް މިޝަލް މޫސާއެވެ. އަދި މެދުރޮނގުގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ޔާސިރު މޫސާއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 10 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތުގައި ވަނީ ޖުމުލަ 18 ޓީމު ބައިވެރިވެފައެވެ.
ދެ ޑިވިޝަނަކަށް ބާހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މުބާރާތް މިއަންނަ މަހު 1 ގައި ފެށުމަށްދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ.





