Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

އައި.ޔޫ.އެމް މޮޅަކާއެކު މުބާރާތް ނިންމާލިއިރު، ސެމީގެ ފަހު ޖާގަ އެފް.އޭ އަށް!

ހަސްނާ ވިޝާމް by ހަސްނާ ވިޝާމް
2024-05-25
in ހަރަކާތް, ޚަބަރު
އައި.ޔޫ.އެމް މޮޅަކާއެކު މުބާރާތް ނިންމާލިއިރު، ސެމީގެ ފަހު ޖާގަ އެފް.އޭ އަށް!

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2024ގެ ގުރޫޕް ސްޓޭޖުގެ ފަހު ބަހުސްތަކުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އަދި ސެންޓަރ ފޯ ފައުންޑޭޝަން (ސީ.އެފް.އެސް) ބައްދަލުކުރި ބަހުސް އައި.ޔޫ.އެމް އިން ކާމިޔާބުކޮށް މޮޅަކާއެކު މުބާރާތް ނިންމާލިއިރު، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް )އާއި ފެކަލްޓީ އޮފް އާޓްސް (އެފް.އޭ)ގެ ޓީމުން ވާދަކުރުމަށް ހަމަޖެހިފައިވާ ބަހުސް އެފް.އެޗް.ޓީ.އެސް ޓީމުން ދޫކޮށްލުމުން އެފް.އޭ އަށް ލިބުނު މޮޅާއެކުވަނީ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ.

މެއި 21 ވީ އަންގާރަ ދުވަހުގެ ރޭ ކުރިއަށްދިޔަ މި ބަހުސްތަކުގައި ފުރަތަމަ ބައްދަލުކުރީ އައި.ޔޫ.އެމް އަދި ސީ.އެފް.އެސް.އެވެ. މި ބަހުސް 540 – 478 ކާމިޔާބުކޮށްފައި ވަނީ މައުޟޫ އާއި އެއްކޮޅަށް ބަހުސްކުރި އައި.ޔޫ.އެމްގެ ޓީމެވެ. އަދި އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ވެސް ހޮވިފައިވަނީ ހަމަ މިޓީމުގެ އާމިނަތު ހިދާ ޙުސައިންނެވެ. މި ބަހުސްގެ މައުޟޫއަކީ ”ދިވެހި ޤައުމިއްޔަތު ރައްކާތެރިކޮށް ދިރުވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ މަދަރުސާތަކަށެވެ.“އެވެ.

މިރޭގެ ދެވަނަ ބަހުސްގައި ވާދަކޮށްފައިވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)އެވެ. ”ޗެޓްޖީޕީޓީ ފަދަ ވަސީލަތްތަކުން ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް އެހިވެދޭ“ ، ބުނެ މައުޟޫއާއި އެއްކޮޅަށް ބަހުސްކޮށް އެފް.އެޗް.އެސްގެ ޓީމަށް ލިބިފައިވަނީ 451 ޕޮއިންޓެވެ. މި ބަހުސް އެފް.އެސް.އެލް އިން ކާމިޔާބުކޮށްފައިވަނީ 651 ޕޮއިންޓު ހޯދައިގެންނެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވިފައިވަނީ އެފް.އެސް.އެލް ޓީމުގެ އިސްމާއިލް ރަޒީން އިމްރާނެވެ.

ފަހު ބަހުސްގައި އެފް.އޭ އަދި އެފް.އެޗް.ޓީ.އެސް ވާދަކުރުމަށް ހަމަޖެހިފައިވަނިކޮށް، އެފް.އެޗް.އެސް.ޓީގެ ބައިވެރިންނަށް ބަހުސަށް ހާޒިރުވެވެން ނެތުމުގެ ސަބަބުން، ބަހުސް ދޫކޮށްލުމުން އެފް.އޭގެ ޓީމު ވަނީ މޮޅުވެފައެވެ. މި މޮޅާއެކު އެފް.އޭގެ ޓީމު މިވަނީ މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

ފޯރިގަދަ ބަހުސްތަކެއް ފެނިގެންމިދާ މި މުބާރާތުގެ ސެމީ ފައިނަލުގެ ބަހުސްތައް އޮންނާނީ 23 މެއި ވާ ބުރާސްފަތި ފުވަހުގެ ރޭ އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.

ފުރަތަމަ ބަހުސްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި 100 އިންސަންތަ މޮޅާއެކު ސެމީ ފައިނަލުން އެންމެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވާ ސްކޫލް އޮފް މެޑިސިންގ (އެސް.އެމް)ގެ ޓީމެވެ. އެސް.އެމް އާއި އެކު ބައްދަލުކުރާނީ ގުރޫޕް ބީގެ ދެވަނައިގައި އޮތް އެފް.އޭގެ ޓީމެވެ. ސެމީފައިނަލުގެ 2 ވަނަ ބަހުސްގައި އެއްކޮޅުން ބައްދަލުކުރާނީ ގުރޫޕް ބީ ގެ އެއްވަނަ ޓީމް ފެކަލްޓީ އޮފް އެޑިއުކޭޝަން އެވެ. މި ޓީމާއި ވާދަކުރާނީ ގުރޫޕް އޭގެ ދެވަނަ ހޯދާފައިވާ އެފް.އެސް.އެލްގެ ޓީމެވެ.

މި މުބާރާތުގެ ފައިނަލް ބަހުސް އަދި ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 25 ވަނަ ދުވަހުއެވެ. ފައިނަލުގެ ގުރުލުން ސެމީ ފައިނަލުގެ ބަހުސްތަކަށްފަހު އޮންނާނެއެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ބާއްވާ އެއްމެ ބޮޑު އެއް އިލްމީ ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2013 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 11 ވަނަ މުބާރާތެވެ.

ހަސްނާ ވިޝާމް

ހަސްނާ ވިޝާމް

އެމް.އެން.ޔޫ.އެސް.ޔޫގެ 12ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ބައި އިލެކްޝަނާ ގުޅޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ބައި އިލެކްޝަނާ ގުޅޭ

2026-04-20
‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

2026-04-15
‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎އެސްއެން – ނޭކަ “ހެލްތު ޑޭ ކުއިޒް” ކާމިޔާބު ކަމާއެކު ނިންމާލައިފި!

2026-04-14
ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

2026-04-13

ބީއެސްއެސްއޭގެ ރޯދަމަހުގެ ޙަރަކާތްތައް ފޯރިއާއިއެކު ނިންމާލައިފި!

2026-04-13
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

2026-04-15
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab