Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

ސައްތަ އިންސަންތަ މޮޅާއެކު މިއަހަރުގެ ޗެމްޕިއަން ތަށި ވެސް އެސް.އެމް އިން އުފުލާލައިފި!

ހަސްނާ ވިޝާމް by ހަސްނާ ވިޝާމް
2024-05-27
in ހަރަކާތް, ޚަބަރު
ސައްތަ އިންސަންތަ މޮޅާއެކު މިއަހަރުގެ ޗެމްޕިއަން ތަށި ވެސް އެސް.އެމް އިން އުފުލާލައިފި!

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވި ”އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2024″ގެ ފައިނަލް ބަހުސްގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)ގެ މައްޗަށް ކުރިހޯދާ، މުބާރާތުގެ 100 އިންސަންތަ މޮޅާއެކު މިއަހަރުގެ ޗެމްޕިއަން ތަށި ވެސް ސްކޫލް އޮފް މެޑިސިން (އެސް.އެމް) އިން އުފުލާލައިފިއެވެ.

މެއި 25 ވީ ހިނިހިރު ދުހަވުގެ ރޭ އެމް.އެން.ޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ ފޯރިގަދަ ފައިނަލް ބަހުސް އެފް.އެސް.އެލްގެ މައްޗަށް ކުރިހޯދައި އެސް.އެމްގެ ޓީމުން ޗެމްޕިއަން ތަށި ދިފާއުކޮށްފައި މިވަނީ 964-760 ގެ ނަތީޖާއަކުންނެވެ. މި ބަހުސްގެ މައުޟޫއު “ ދިވެހިބަސް އިތުރަށް ދިރުވައި އާލާކުރެވޭނީ މަދަރުސާތަކަށެވެ.“ ކަމަށްބުނެ އެއްކޮޅަށް ބަހުސްކޮށްފައިވަނީ އެފް.އެސް.އެލްގެ ޓީމުންނެވެ. މި ބަހުސްގެ މައުޟޫއާއި ދެކޮޅަށް ވަކާލާތުކޮށްފައިވަނީ އެސް.އެމްގެ ޓީމުންނެވެ. ވާދަވެރި ދެ ޓީމު ބައްދަލުކުރި މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ މަޤާމު ހާސިލްކޮށްފައިވަނީ އެސް.އެމްގެ އަނޫފް އަބްދުﷲއެވެ.

ފާއިތުވި އަހަރުގެ ބަހުސް މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށްފައިވަނީ މި ދެ ޓީމެވެ. އެ އަހަރު ފުރަތަމަ ފަހަރަށް މި މުބާރާތުގައި ބައިވެރިވެ އެސް.އެމްގެ ޓީމުން ވަނީ މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ. އެފް.އެސް.އެލްގެ ޓީމުން މިއީ މި މުބާރާތުގެ ފައިނަލުގައި ޖެހިޖެހިގެން ވާދަކުރި ތިން ވަނަ އަހަރެވެ.

މިއަހަރުގެ ފައިނަލް ބަހުސް ޝަރަފުވެރިކޮށްދެއްވުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަފީރު އާދަމް ނަސީރު އިބްރާހިމް އަދި ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ފައިނަލް ބަހުސަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިޔާތުގައި ވަނީ ޗެމްޕިއަން ޓީމާއި އަދި އެކި ވަނަތައް ހާސިލްކުރެއްވި ބައިވެރިންނަށް އިނާމް ދެވިފައެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަހްމަދު ޝިޔާމް ދެއްކެވި ވާހަކަ ފުޅުގައި ވަނީ ދަރިވަރުންނަށް މިހާރު ޔުނިވަރސިޓީގައި ލިބޭ މިފަދަ އަދަބީ އަދި އެހެނިހެން ފުރުސަތުތަކުގެ ބޭނުން ހިފުމަށް ނަސޭހަތްތެރިވެފައެވެ. އަދި މިކަމުގެ ސަބަބުން ކުރިމަގުގައި ވަޒީފާގެ މާހައުލުގައި ފައިދާކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާރު ޝަރަފުވެރިކޮށްދެއްވައި ވަފީރު އާދަމް ނަސީރު އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ފައިނަލް ބަހުސްގެ ބައިވެރިންނަށް ވަނީ ތައުރީފުކުރަށްވާފައެވެ. އެގޮތުން ފައިނަލް ބަހުސަކީ ދަރިވަރުން ވަރަށް ތައްޔާރުވެފައިވާ ބަހުސެއްކަން ފާހަގަކުރެއްވިއެވެ. ދަރިވަރުން ވާހަކަދެއްކީ ވަރަށް އިތުބާރާއި ޔަޤީންކަމާ އެކުގައި ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހިބަސް ދިރުވައި އާލާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މިރޭ ކުރެވުނު ބަހުސްގައި ދަރިވަރުން ފާޅުކުރި ޚިޔާލުތަކަށް ވަޒީރު ތައުރީފު ކުރެއްވިއެވެ. ޤައުމު ބިނާ ކުރުމަކީ  އިންސާނުން ބިނާ ކުރުންކަމަށް ވާއިރު, ޤައުމާމެދު ވިސްނުން އުފެއްދުމަށް އެންމެ މުހިންމު ކަމަކީ އަމިއްލަ ބަހަށް ދޭ އަހަންމިއްޔަތު ކަމާއި, އެބަހަށް އަންނަ ކޮންމެ ކުރިއެރުމަކީ ޤައުމީ ކުރިއެރުމެއްކަމަށް ގަބޫލުކުރާ ހިސާބަށް ދަރިވަރުންގެ ވިސްނުން ގެންދަން ޖެހޭ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މުބާރާތުގެ ޗެމްޕިއަން އެސް.އެމްގެ ޓީމަށް އިނާމު ހަވާލުކޮށްދެއްވީ ފައިނަލް ބަހުސްގެ ޝަރަފުވެރި މެހެމާން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަފީރު އާދަމް ނަސީރު އިބްރާހިމްއެވެ. އަދި މުބާރާތުގެ ރަނަރއަޕް ޓީމް، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، އަށް އިނާމު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް އެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލާކޮށް، ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުން ކުރަން ބާރުއެޅުމަށާއި ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވުނީ ސިލްސިލާކޮށް ބޭއްވޭ މި މުބާރާތުގެ 11 ވަނަ މުބާރާތެވެ.

ހަސްނާ ވިޝާމް

ހަސްނާ ވިޝާމް

އެމް.އެން.ޔޫ.އެސް.ޔޫގެ 12ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

”އާދޭ ކޮއްކޮމެން“ ކާމިޔާބުކަމާއެކު ނިންމާލައިފި!

”އާދޭ ކޮއްކޮމެން“ ކާމިޔާބުކަމާއެކު ނިންމާލައިފި!

2025-06-10
އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން އަނެއްކާވެސް އެމް.ބީ.އެސްއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް މަލްދާ!

އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން އަނެއްކާވެސް އެމް.ބީ.އެސްއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް މަލްދާ!

2025-06-03
ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެފް.އީއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް ރައުހާން!

ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެފް.އީއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް ރައުހާން!

2025-06-03
އެމް.އައި ކޮލެޖާ ދެކޮޅަށް އުނދަގޫ މޮޅަކަށްފަހު، ފެކަލްޓީ އޮފް ހެލްތު ސައިންސުން ސެމީގެ ޖާގަ ކަށަވަރުކޮށްފި

އެމް.އައި ކޮލެޖާ ދެކޮޅަށް އުނދަގޫ މޮޅަކަށްފަހު، ފެކަލްޓީ އޮފް ހެލްތު ސައިންސުން ސެމީގެ ޖާގަ ކަށަވަރުކޮށްފި

2025-05-26
2-0ގެ ނަތީޖާއަކުން ސްކޫލް އޮފް ނާސިންގ ބަލިކޮށް، ވިލާ ކޮލެޖު ސެމީއަށް!

2-0ގެ ނަތީޖާއަކުން ސްކޫލް އޮފް ނާސިންގ ބަލިކޮށް، ވިލާ ކޮލެޖު ސެމީއަށް!

2025-05-26
ފެކަލްޓީ އޮފް އާޓްސް ކޮޅަށް 4 ލަނޑާއެކީ ޕޮލިޓެކްނިކުން ސެމީއަށް ދަތުރުކޮށްފި

ފެކަލްޓީ އޮފް އާޓްސް ކޮޅަށް 4 ލަނޑާއެކީ ޕޮލިޓެކްނިކުން ސެމީއަށް ދަތުރުކޮށްފި

2025-05-26
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab