ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ހިންގާ ކޮމެޓީގެ ފަރާތުން މާލޭގައި ހުންނަ މަޖްދުއްދީން ދަނާލުގައި އުޅޭ ދަރިވަރުންނާ ބައްދަލުކޮށްފިއެވެ.
04 ޖޫން 2024 ވީ އަންގާރަ ދުވަހުގެރޭ އެމް.އެން.ޔޫ ސެމިނަރ ރޫމްގައި އޮތް ބައްދަލުވުމުގައި ދަނާލުގައި އުޅޭ ދަރިވަރުންގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ އެޑްވައިޒަރީ ބޯޑުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ. އަދި މި ބައްދަލުވުމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި ވަނީ ދަނާލުގައި އުޅޭ ދަރިވަރުންގެ ކަންބޮޑުވުންތައް އެމް.އެން.ޔޫ.އެސް.ޔޫ އާ ހިއްސާކޮށްފައެވެ. އަދި ދަރިވަރުންގެ ހުރި އެކި ޝަކުވާތަކަށް ހައްލު ހޯދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފައެވެ.
2018 ވަނަ އަހަރުން ފެށިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން އަންނަނީ އެމް.އެން.ޔޫގެ އެކި ކެމްޕަސްތަކުގައި ހުންނަ ދަނާލުތަކުގައި ދިރިއުޅޭ ދަރިވަރުންނާ ބައްދަލުކުރަމުންނެވެ. އެގޮތުން އަތޮޅު ކެމްޕަސްތަކުގެ ގޮފިތައް އިފްތިތާހު ކުރުމަށް ކުރެވޭ ދަތުރުތަކުގައި އެ ކެމްޕަސްތަކުގެ ދަނާލުގައި ދިރިއުޅޭ ދަރިވަރުންނާ އެމް.އެން.ޔޫ.އެސް.ޔޫ އިން އަންނަނީ ބައްދަލު ކުރަމުންނެވެ.