ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ޔޫނިއަންގެ އަހުރަ ގޮތްޕާ ގުޅިގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024“ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ލާމު އަތޮޅުގެ މުއައްސަސާތަކާއި ޖަމިއްޔާތަކަށް ހުޅުވާލެވިގެން ކުރިއަށްދާ މިބުރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން ކުޅެވިގެންދާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި ވެބްސައިޓުގެ ޑައުންލޯޑްސް ޕޭޖުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ 10 އޮގަސްޓް ވާ ހޮނިހިރު ދުވަހެވެ.
މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ 2024 ގައެވެ.
އަހުރަ ހޭންޑްބޯޅަ މުބާރާތަކީ ޔޫނިއަން އިން އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ 2017 ވަނަ އަހަރެވެ. 2018 އަދި 2019 ގައި ވެސް މުބާރާތް ކުރިއަށްދިޔައިރު، އޭގެ ފަހުން ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު މި މުބާރާތް އޮތީ 4 އަހަރަށް މެދުކެނޑިފައެވެ. އެހެންކަމުން މިއަހަރު މި ބޭއްވެނީ 4 ވަނަ ހޭންޑްބޯޅަ މުބާރާތެވެ.