ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ ގުރުނެގުން ބާއްވައިފިއެވެ.
19 ސެޕްޓެމްބަރ ވީ ބުރާސްފަތި ދުވަހުގެ ރޭ އެމް.އެން.ޔޫ ސެންޓަރަލްގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ ހިންގާކޮމެޓީގެ މެމްބަރުންނާއި މުބާރާތުގެ ބައިވެރިވި ޓީމުތަކުގެ މޭނޭޖަރުންނާއި ކުޅުންތެރިންވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ މުބާރާތް ވެސް ކުރިއަށް ގެނދިޔުމަށް ހަމަޖެހިފައިވަނީ ކުރީ އަހަރެކޭ އެއްގޮތަށް ޓީމް އިވެންޓްސް ކެޓަގަރީއެކަންޏެވެ. އަދި މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ އެފް.އީ ފީ.އީ ހޯލުގައެވެ.
މިމަހުގެ 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިބުރާތުގައި 10 ފެކަލްޓީއިން ބައިވެރިވެފައިވާއިރު، ތާވަލުގައިވާގޮތުން ކޮންމެ ދުވަހަކުވެސް 4 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ޓީމުތައް ދެ ގުރޫޕަކަށް ބަހާލެވިފައިވާއިރު ކޮންމެ ގުރޫޕަކުވެސް 5 ޓީމު ހިމެނެއެވެ.
އެގޮތުން ގުރޫޕް އޭ ގައި ހިމެނެނީ:
ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެފް.ޓީ.އެސް)
ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)
ފެކަލްޓީ އޮފް އާޓްސް (އެފް.އޭ)
ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލަޖީ (ފެސްޓް)
ސްކޫލް އޮފް ނާރސިންގ
އަދި ގުރޫޕް ބީ ގައި ހިމެނެނީ:
އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ ބީ.އެސް)
ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް (ސީ.އެފް.އެސް)
ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)
ސްކޫލް އޮފް މެޑިސިންގ (އެސް.އެމް)
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އެވެ.
ފާއިތުވި އަހަރު މުޅިން އަލަށް ކުރިއަށްގެންދެވުނު މި މުބާރާތަށް ދަރިވަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ވާދަވެރި ފައިނަލަކަށްފަހު ސެންޓަރ ފޯ ފައުންޑޭޝަން ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމެވެ.
ދަރިވރުން ޔޫނިއަންގެ އަމާޒަކީ މިއަހަރުގެ މުބާރާތް ވެސް ކުރީ އަހަރަށް ވުރެ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމެވެ.

