މައިނާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2025ގެ ދެވަނަ ދުވަހު ކުޅެވުނު އަންހެން ޑިވިޝަނުގެ މެޗުތަކުން ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި ފެކަލްޓީ އޮފް އާޓްސް (އެފް.އޭ) ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ފެށުން ވަރުގަދަ ކޮށްފިއެވެ.
މިއަދު ކުޅެވިގެންދިޔަ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުދައި ބައްދަލުކުރީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އެވެ. ސީދާ ދެ ސެޓުން އެމް.އެން.ޔޫ.ބީ.އެސް އިން ފަސޭހަކަމާއެކު އެފް.އެސް.އެލްގެ މައްޗަށް ކުރި ހޯދި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމް.އެން.ޔޫބީ.އެސްގެ ޖާރޒީ ނަމްބަރ 17 އައިޝަތު ނަސްމާ އަހުމަދުއެވެ. އެމް.އެން.ޔޫ.ބީ.އެސް މި މެޗު ކާމިޔާބުކޮށްފައިވަނީ 25-11 އަދި 25-12ގެ ނަތީޖާއަކުންނެވެ.
އެފް.އީ އާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) ވާދަކުރި މެޗު ފުރަތަމަ ސެޓުގައި ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗު 26-24 އަދި 25-12 އިން ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފައިވަނީ އެފް.އީ އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.އީގެ ޖަރޒީ ނަމްބަރ 08 އާމިނަތު އިބާ އިބްރާހިމްއެވެ.
އަންހެން ޑިވިޝަނުގެ ހަތަރު ވަނަ މެޗުގައި ސުކޫލް އޮފް ނަރސިންގ (އެސް.އެން) އަދި ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން އެސް.އެން އިން ވަނީ ފެސްޓުގެ މައްޗަށް ކުރި ހޯދާފައެވެ. އެސް.އެން ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސް.އެން ޓީމުގެ ޖަރޒީ ނަމްބަރ 12 އިބާ އަބްދުﷲއެވެ. މި މެޗުގެ ނަތީޖާއަކީ 25-07 އަދި 25-06 އެވެ.
ސްކޫލް އޮފް މެޑިސިންގ (އެސް.އެމް) އަދި އެފް.އޭ ވާދަކުރި މެޗުގެ ފުރަތަމަ ސެޓު އެފް.އޭ އިން ކާމިޔާބުކޮށްފައި ވަނިކޮށް އެސް.އެމްގެ ޓީމުން ވަނީ ފަހަތުން އަރާ ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅެވުނު ތިންވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު 16-14 އިން އެފް.އޭ ގެ ޓީމުން ވަނީ އެސް.އެމްގެ މައްޗަށް ކުރިހޯދައި މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ ފުރަތަމަ 2 ސެޓުގެ ނަތީޖާ އަކީ 25-17 އަދި 25-16 އެވެ. މި ފޯރިގަދަ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޯވިފައިވަނީ އެފް.އޭ ޓީމުގެ ޖަރޒީ ނަމްބަރ 04 އައިމިނަތު ރިފާއެވެ.
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިނާ އެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ގޮތުގައި ވުޑިކޯ، އޭޕެކްސް، އޮބިއޮން އަދި ދިރާގު ހިމެނެ އެވެ. މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުލާސާ އެވެ.






