ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ނޭކައިގެ މި އަހަރުގެ ފުރަތަމަ މޫވީ ނައިޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
2 މެއި ހޮނުހިރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ތިނަދޫ ކެމްޕަހުގައި ބޭއްވި މި މޫވީ ނައިޓްގައި އަޅުވާފައިވަނީ ބިރުވެރި ފިލްމެއް ކަމަށް ވާ ”ދި ގްރޭވް ޓޯޗަރ” އެވެ.
އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މި މޫވީ ނައިޓްގައިވެސް ނޭކައިން ވަނީ ކެންޓީނެއް ހިންގާފައެވެ. އެގޮތުން މިފަހަރުގެ ކެންޓީނުގައި ޕޮޕްކޯނާއި ސޮސެޖް ފަދަ ތަފާތު ވައްތަރުގެ ކާނާ ވިއްކިއެވެ.
މި ހަރަކާތަށް ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން މި މޫވީ ނައިޓްގައި ގިނަ ކޯސްތަކުގައި ކިޔަވާ ކެމްޕަސްގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ފުރުސަތުގައި ނޭކައިގެ ހަރަކާތްތަކުގައި ބައިވެރިވާ އިސްވާރުންނަށް ޝުކުރު އަދާކުރަމެވެ. އަދި މިފަދަ އިތުރު ހަރަކާތްތައް ރޭވިފައި ހުރިކަން ފާހަގަކުރަމެވެ.






