ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވައިފި!
މި އަހަރުގެ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ނޭކައިގެ ފަރާތުން އޮބްސްޓެކަލް ރޭހެއް ބާއްވައިފިއެވެ.
ނަރުހުންގެ ދުވަސް ފާހަގަކުރުމަށް 15 މެއި ވީ ހުކުރު ދުވަހުގެ ހަވީރު 4-6 މި ހަރަކާތް ބޭއްވީ ތިނަދޫ ކެމްޕަހުގައެވެ.
މި އޮބްސްޓެކަލް ރޭސްގައި ތަފާތު އެކި ޓީމް ކުޅިވަރުތައް ކުޅިފައިވެއެވެ. އެގޮތުން ގޯނި ރޭސް އަދި ރިލޭ ފަދަ ކުޅިވަރުތައް ވަނީ ކުޅެފައެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އިރު ބޮޑު ތަރުހީބެއް ވަނީ މި ހަރަކާތަށް ލިބިފައެވެ.






