ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ކުރިއަށްގެންދާ ”އެމްއެންޔޫ ފަހި ފުރުސަތު ޖޮބް ފެސްޓިވަލް“ ތިނަދޫ ކެމްޕަހުގައި މާދަމާ ކުރިއަށްގެންދިއުމަށް ތައްޔާރުވެއްޖެ އެވެ.
ޖޫން 4 އަދި 5 ގެ 16:00 އިން 18:00 އަށް އަދި 20:00 އިން 22:00 އަށް ކުރިއަށް ގެންދާ މި ބާޒާރުގައި ނޭކައިގެ ފަރާތުން ވަނީ ބައިވެރިވާ ގޮތަށް ހަމަޖެހިފައެވެ.
ގައުމީ ޔުނިވާސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދޭ ފުރުސަތެކެވެ.
ހަމައެއާއެކު އެމްއެންޔޫގެ ތިނަދޫ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ އެކިއެކި ކޯސްތަކާބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތުވެސް މި މައުރަޒުގެ ތެރެއިން ފަހިވެގެންދާނެ އެވެ.
މި މައުރަޒުގައި ނޭކައިގެ ފަރާތުން އެމްއެންޔޫގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކާ، ދަރިވަރުންގެ ޔޫނިއަން އަދި ތިނަދޫ ކެމްޕަސްގެ ގޮފިން އިސްވާރުންނަށް ފަހިކޮށްދޭ ފުރުސަތުތަކާ ހިންގާ އެކި އެކި ހަރަކާތްތަކުގެ އިތުރުން އިސްވާރުންގެ ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ






